ބީލަން
ނަންބަރު: (IUL)425-A2/1/2021/193
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:04
ސުންގަޑި: 02 ސެޕްޓެންބަރު 2021 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރެސް ރޫމް އިންފްރާސްޓްރަކްޗަރ ޤާއިމް ކުރުމަށް ބޭނުންވާތީ،އަމިއްލަތަކެތީގައި މިކަންކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ (IUL)425-A2/1/2021/135 ،އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރުން

      މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރެސްރޫމް އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމަށް ބޭނުންވާތީ،އަމިއްލަތަކެތީގައި މިކަންކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)425-A2/1/2021/135 އިޢުލާނާގުޅިގެން ބިޑް ހުށަހެޅި ފަރާތުގެ ޝަރުޠު ފުރިހަމަނުވުމުގެ ސަބަބުން  އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކޮށް މިކަމަށް ބިޑްހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުގު ވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ދެއްވުން އެދެމެވެ.   

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

05 ސެޕްޓެމްބަރ 2021

12:00

ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ

އަގު ހުށަހެޅުން

13 ސެޕްޓެމްބަރ 2021

11:00

ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ

 

 މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ޖެހޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
  • އިތުރު މަޢުލޫމާތު: 

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ)  އަމީނީމަގު، ފޯން: 3025407   / އީމެއިލް: [email protected]

02 ސެޕްޓެންބަރު 2021