ބީލަން
ނަންބަރު: (IUL)453-LTM-2/1/2021/43
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 16:28
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ދޭ ފަރުމާއާއި އެއްގޮތަށް އެވްސެކޮމް ޓީ-ޝާރޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާންއާއި ގުޅިގެން ބޭއްވޭ މައުލޫމާތު ސެޝަން ލަސް ކުރުން

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ނަމްބަރ IUL)453-LTM-2/1/2021/41) އިއުލާން (އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ދޭ ފަރުމާއާއި އެއްގޮތަށް އެވްސެކޮމް ޓީ-ޝާރޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ) އާއި ގުޅިގެން ދަންނަވަމެވެ.

ދެންނެވިފައިވާ އިއުލާނުގައި ހުޅުވާލެވިފައިވާ ބީލަމާއި ގުޅިގެން 2021 ސެޕްޓެމްބަރ 02 ގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މައުލޫމާތު ދިނުމުގެ ސެޝަން ލަސް ކުރެވިފައިވާކަން ދެންނެވީމެވެ. އެހެންކަމުން މި ބީލަމާއި ގުޅިގެން ބޭއްވޭ މައުލޫމާތު ސެޝަން ދެން އޮންނާނީ 2021 ސެޕްޓެމްބަރ 06 ވާ ހޯމަ ދުވަހުގެ 13:00 ގައެވެ. އަދި ބީލަމަށް ޕްރޮޕޯސަލް ހުށަހެޅުމާއި ބިޑް އޯޕަނިން އޮންނާނީ 2021 ސެޕްޓެމްބަރ 30 ވާ ބުރާސްފަތި ދުވަހު 11:00 ގައެވެ.

މަޢުލޫމާތު ސާފު ކުރުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކުއަޓާރޒްގައެވެ.

01 ސެޕްޓެންބަރު 2021