ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-B3/30/2021/167
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:50
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިޢުލާން

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދު (ޤަވާއިދު ނަންބަރު 2020/R-75) ގެ 20 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން، މަސްވެރިކަން ކުރުމުގެ ބޭނުމަށް އެއްވެސް ބާވަތެއްގެ ކަނދުފައްޗެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރުކުރެވޭނީ މިމިނިސްޓުރީއަށް ނުވަތަ މިނިސްޓްރީއިން އެމަސައްކަތެއް ހަވާލުކުރާ ފަރާތަކަށެވެ. މިޤަވާއިދުގައި ކަނދުފަތި ޤާއިމްކުރުމުގައި ގުޅޭގޮތުން ހިމަނާފައިވާ ހަމަތައް ހިމަނާފައިއެވަނީ، ކަނދުފަތީގެ މަސްވެރިކަމަކީ އެކަމާ ގުޅޭގޮތުން މަސް ގަންނަ ދުނިޔޭގެ ބާޒާރުތަކުގައި ނުރަނގަޅު ތަސައްވުރެއް އޮތްކަމަކަށްވެފައި އަދި ދިވެހިރާއްޖެއަކީ ބޭރުގެ މަސް ގަންނަ ބާޒާރުތަކަށް އިންތިހާއަށް ބަރޯސާވާ ޤައުމަކަށްވާތީވެ، ކަނދުފަތީގެ މަސްވެރިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެކަމުގެ ނުރަނގަޅު އަސަރުކުރުމުގެ ފުރުޞަތު ކުޑަކުރުމުގެ ގޮތުންނެވެ.

އެހެންނަމަވެސް، ބައެއް ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ ތަކެތީގައި އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު މިމިނިސްޓްރީއަށް ލިބިފައިވާތީވެ، މިކަމަކީ އިސްވެންދެނެވުނު ގަވާއިދު ދަށުން މަނާކަމެއް ކަމުގައި އެންމަހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އިސްވެދެންވުނު ޤަވާއިދުގެ 21 ވަނަ މާއްދާގެ ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނދުފައްޗަށް ގެއްލުންދިނުމަކީ، ނުވަތަ ކަނދުފަތީގެ އެއްވެސް ބައެއް ނެގުމަކީ، ނުވަތަ ކަނދުފައްޗަށް އެއްވެސް ބަދަލެއް ގަނައުމަކީ ވެސް މަނާކަމެއްކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.  

ވީމާ، މަސްވެރިކަމުގެ ޤާނޫނާއި ޤަވާއިދާއި ޚިލާފުވާ ފަރާތްތްކާއިމެދު އިދާރީ ފިޔަވަޅުއެޅުމާއި ޖޫރިމަނާކުރުމާ ބެހޭ ޤަވާއިދުގައިވާ އިޖުރާއަތްތަކާ އެއްގޮތްވާގޮތުގެމަތިން ފިޔަވަޅު އަޅާނެކަމުގައި ދެންނެވީމެވެ.

01 ސެޕްޓެންބަރު 2021