ދެންނެވުން
ނަންބަރު: (IUL)384-A/2021/35
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 13:51
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާ ފޯރމް ފުރުމާއި ގުޅޭ

2021 ޖޫން 28 ވަނަ ދުވަހު ކުރެވުނު މި އިދާރާގެ (ނަންބަރު: IUL)384-A/2021/31)) އިޢުލާނާއި ގުޅިގެން، ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު ފުރުމުގައި ރައްޔިތުންނަށް ދިވާވެފައިވާ ބައެއް ދަތިތަކާއި ގުޅިގެން އެކަމުގެ ޝަކުވާ މި އިދާރާއަށްވަނީ ލިބިފައެވެ. މި މައްސަލަތަކާއި ގުޅިގެން ގޯތީގެ ކަންކަމަށް އެކުލަވާލެވިފައިވާ ކޮމިޓީގެ ބައްދަލުވުމެއް 2021 ޖުލައި 15 ވަނަ ދުވަހު ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވި، މިކަންކަމާއި ގުޅިގެން ނިންމާފައިވާ ކަންކަން ތިރީގައި މިދަންނަވަނީއެވެ.

ü      އައި.ޑީ ކާޑު ކޮޕީ ހުށައަޅަން ބަޔާންކޮށްފައިވާ ކަންކަމުގައި، މުއްދަތު ހަމަވެފައިވާ އައި.ޑީ ކާޑުގެ ކޮޕީވެސް ބަލައިގަނެވޭނެއެވެ.

ü      ފޯމު ހުށައަޅާ މީހާގެ އުފަންދަރިންގެ އުފަންދުވަހުގެ ސެޓިފިކެޓް ކޮޕީ ހުށައަޅަން ބަޔާންކޮށްފައި އޮތްނަމަވެސް، 18 އަހަރުން މަތީގެ ދަރިންގެ އުފަންދުވަހުގެ ސެޓިފިކެޓު ކޮޕީގެ ބަދަލުގައި އައި.ޑީ ކާޑު ކޮޕީ ބަލައިގަނެވޭނެއެވެ.

ü      ފޯމު ހުށައަޅާ މީހާގެ މަންމަ އަދި ބައްޕަގެ އުފަން ދަރިންނާއި އެމީހުންގެ އަނބިމީހާ/ފިރިމީހާގެ މަޢުލޫމާތު (ގޯއްޗަށް އެދި ހުށައަޅާ ފޯމުގެ 12 ވަނަ ބަޔާއި 15 ވަނަ ބައި) ހިމަނަން ބަޔާންކޮށްފައި އޮތްނަމަވެސް، އެފަދަ މަޢުލާމާތުގެ ތެރެއިން ލިބެން އޮތް މަޢުލޫމާތުތައް ފުރިހަމައަށް ހިމެނުމާއި ލިބެން ނެތް މަޢުލާތުތައް ދޫކޮށްލެވިދާނެއެވެ.

ü      ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނާއި، ވަޒީފާގެ ގޮތުން ނުވަތަ ތަޢުލީމު ޙާސިލުކުރުމަށް ނުވަތަ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ތިބި މީހުންގެ ފޯމުތައް އީ މެއިލް މެދުވެރިކޮށް ކައުންސިލަށް ބަލައިގަނެވޭނެ. ނަމަވެސް އެފަދަ ފޯމެއް ގޯތި ކޮމިޓީއަށް ހުށައެޅުމަށް ރަށުގައި ހުރި މީހަކު ފޮނުވަންވާނެއެވެ.

 

މި ކަންކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 6780034 ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

08 އޮގަސްޓް 2021