ދިވެހިރާއްޖެ
އިޢުލާން
ނަންބަރ: GS-203/IUL/2021/14 |
އަންދާސީ ހިސާބު ބޭނުންވެއްޖެ
|
ތާރީޚް: 01 ސެޕްޓެމްބަރ 2021 |
މަރާމާތު މަސައްކަތް:-
1- މިސްކޫލުގެ އަލަށް ހަދާފައިވާ އިމާރާތުގެ އެތެރެއަށް ( ގުދަނަށް) ފެންފައިބާތީ އެކަން ހައްލުކުރުން.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފާރާތްތަކުން ތިރީގައިމިވާ ތާރީޚްގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ސެޕްޓެމްބަރ 02 ން 2021 ސެޕްޓެމްބަރ 06 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 12:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން އޮންނާނީ 2021 ސެޕްޓެމްބަރ 06 ވަނަ ދުވަހުގެ 13:00 ގައި ގދ.ހޯނޑެއްދޫ ސްކޫލުގައެވެ.
- ބިޑް ހުށަހެޅުން އޮންނާނީ 2021 ސެޕްޓެމްބަރ 09 ވަނަ ދުވަހުގެ 11:00 ގައި ހޯނޑެއްދޫ ސްކޫލުގައެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހޯނޑެއްދޫ ސްކޫލް
ފޯން: 7983089
އީ-މެއިލް: [email protected]