ބީލަން
ނަންބަރު: (IUL)223/1/2021/29
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 09 ސެޕްޓެންބަރު 2021 10:00
ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
މި ޓްރައިބިއުނަލަށް ބޭނުންވާ އޮފީސް ފަރުނީޗަރު ގަންނަން ބޭނުންވެއްޖެ

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

ނަންބަރު:  223/1/2021/29(IUL)

ތާރީޚް:  01 ސެޕްޓެންބަރު 2021

 

 

މިޓްރައިބިއުނަލަށް ބޭނުންވާ އޮފީސް ފަރުނީޗަރު ގަންނަން ބޭނުންވެއްޖެ

 

            މި ޓްރައިބިއުނަލަށް ބޭނުންވާ އޮފީސް ފަރުނީޗަރު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކުރައްވާ، މި ޓްރައިބިއުނަލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ވަނީ މި އިޢުލާނާއެކު ހިމެނިފައެވެ. އަދި މި އިޢުލާނާ ގުޅިގެން ފޯރުކޮށްދެވޭ ތަކެތީގެ މިނިމަމް ރިކުއަރމެންޓް، ބީލަމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ.

            ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 05 ސެޕްޓެންބަރު 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މި މި ޓްރައިބިއުނަލްގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

            ރަޖިސްޓްރީކުރުމަށް ފޮނުވާ މެއިލް، ސުންގަޑީގެ ކުރިން މިޓްރައިބިއުނަލަށް ލިބިފައިވޭތޯ ކަށަވަރުކުރުމަކީ ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ޓްރައިބިއުނަލްގައެވެ.

 މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ، 08 ސެޕްޓެންބަރު 2021 ގެ 10:00 ގެ ކުރިން މި ޓްރައިބިއުނަލްގެ[email protected]  އީމެއިލްއަށް މެއިލްކުރެއްވުން އެދެމެވެ.

ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާ އެއްގޮތްވާގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.

 

24 މުޙައްރަމް 1443

01 ސެޕްޓެންބަރު 2021

 

01 ސެޕްޓެންބަރު 2021