ދިވެހިރާއްޖެ
އދ.ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށް 2 (ދޭއް) ޓަނުގެ ފިކަޕެއް ގެނެސްދޭނޭ ފަރާތެއް ހޯދުމަށް ކުރި، މިއިދާރައިގެ ނަންބަރު (IUL)347/347/2021/24 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކަށް ބިޑު ހުށަހެޅުއްވުމުގެ ދައުވަތު އަރުވަމެވެ.
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެށް 08 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00ގައި މިއިދާރާގައި އޮންނާނެއެވެ.
މި ކަމަށް އެދި ބިޑު ހުށައެޅޭނީ މިއިދާރާގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.
ބިޑުހުށަހެޅުމާއި މަޢުލޫމާތު ސާފުކުރުމަށް ރަޖިސްޓްރީ ކުރުން ކުރިއަށް ގެންދާނީ 05 ސެޕްޓެމްބަރު 2021 އިން 8 ސެޕްޓެމްބަރު 2021 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 12:00އަށް މި އިދާރާގައެވެ. ރަޖިސްޓްރީ ކުރަން އެދޭފަރާތްތަކުން މި އިދާރާއަށް ދުރުވެ ނުވަތަ މި އިދާރައިގެ ނަންބަރު 6680056 ފޯނަށް ގުޅުއްވަވައިގެން ކުރިޔަށް ގެންދެވުން އެދެމެވެ.
ބިޑު ހުށަހަޅާނީ 13 ސެޕްޓެމްބަރު 2021 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން މި އިދާރައިގެ [email protected] މެއިއިލަށެވެ. ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެމްބަރު 2021 ވާ އަންގާރަ ދުވަހުގެ 13:00ގައި މި އިދާރާގައެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ދިވެހިރއްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.