ދިވެހިރާއްޖެ
ނަންބަރު: IUL)345-CAA/345/2021/162)
|
އިޢުލާން
މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިރަށު ރައްޔިތުންނަށް ޢާއްމުކޮށް ކަރަންޓް ދިނުމަށް ބޭނުންކުރި މިހާރު ބޭނުންނުކުރާތާ، 16 އަހަރުވެފާހުރި ޖެނަރޭޓަރުތަށް ވިއްކާލުމަށް ކުރި އިޢުލާނަށް އިޖާބަދީފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވަލަމެވެ.
ޖެނަރޭޓަރު ތަކުގެ ބާވަތާއި، ކިލޯވޯޓް ތިރީގައި އެވަނީއެވެ.
އަދަދު |
|
ބާވަތް |
ކިލޯވޮޓް |
1 |
ޖެނަރޭޓަރ |
ޔަންމަރ |
50 |
1 |
ޖެނަރޭޓަރ |
ޔަންމަރ |
28 |
1 |
ޖެނަރޭޓަރ |
ޔަންމަރ |
23 |
1 |
ޖެނަރޭޓަރ |
ޑޮއިސް |
30 |
1 |
ޖެނަރޭޓަރ |
ކަމިސް |
50 |
ބިޑްރަޖިސްޓަރިކުރުން.
ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން އއ. މާޅޮހު ކައުންސިލް އިދާރާގައި ބީލަން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.ރަޖިސްޓްރޭޝަން ކުރިއަށްދާނީ އިޢުލާނުކެރެވޭ ދުވަހުން ފެށިގެން 12 ސެޕްޓެމްބަރ 2021 (އާދިއްތަ) ދުވަހާދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30އިންފެށިގެން މެންދުރު ފަހު 14:00އާއި ދެމެދުއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ބިޑްހުޅުވުން.
މިތަކެތީގެ ބިޑުހުޅުވުން އޮންނާނީ 15 ސެޕްޓެމްބަރ 2021 (ބުދަ) ދުވަހު 11:00ގައި އއ. މާޅޮހު ކައުންސިލް އިދާރާގައި، ބިޑްހުށަހަޅާ ފަރާތްތަކުގެ ޙާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ ބިޑް ތަކާ ފެކްސް އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން.
މިތަކެއްޗާބެހޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 14 ސެޕްޓެމްބަރ 2021 ވާ (އަންގާރަ) ދުވަހުގެ 11:00 ގެކުރިން މިއިދާރާގެ 6660059 ފޯނާ ގުޅުންވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ، އިޢުލާނު ކުރީމެވެ.