ބީލަން
ނަންބަރު: (IUL)426-AA/426/2021/296
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 07 ސެޕްޓެންބަރު 2021 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުގައި އިންޑޯރ ވޮލީ ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

  1. އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުގައި އިންޑޯރ ވޮލީ ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  2. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން 2021 ސެޕްޓެންބަރު 08 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ.

  3. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2021 އޯގަސްޓް 01 ވާ ބުދަ ދުވަހުން ފެށިގެން 2021 ސެޕްޓެންބަރު 08 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2021 ސެޕްޓެންބަރު 09 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

  4. މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 2074.00ރ (ދެ ހާސް ހަތްދިހަ ހަތަރު ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 (ސަތޭކަ ވިހި)  ދުވަހެވެ.

  5. ބީލަންތައްބަލައިގަތުމާއި،އަދިބީލަންހުޅުވުންއޮންނާނީ 2021 ސެޕްޓެންބަރު 16 ވާ ބުރާސްފަތިދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

  6. މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  7. މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2021  ސެޕްޓެމްބަރު 01 ވާ ބުދަދުވަހުގެ 10:00 އިން ފެށިގެން 2021 ސެޕްޓެމްބަރު 07 ވާ އަންގާރަ ދުވަހުގެ 13:00އާއި ހަމަޔަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލް ކުރެވޭނެއެވެ.

  8. ބީލަމުގައި ބައިވެރިވުމަށް -/300 ( ތިންސަތޭކަ ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް މިދެންނެވި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށް ދެއްވުން އެދެމެވެ.

    އީމެއިލް: [email protected]

23 މުޙައްރަމް 1443

31 އޮގަސްޓް 2021