ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2021/169
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:30
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާބެހޭ

އިޢުލާން

ޤަރާރު ނަންބަރު 8/2021 (މިނިސްޓްރީ އޮފް ހެލްތުގެ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް އިޢުލާނު ކުރާ ޤަރާރު) ގެ ދަށުން  ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން އެޅުމަށް ނިންމަވާފައިވާ ޙާއްޞަ ފިޔަވަޅުތަކާ ގުޅިގެން، ކޮވިޑް-19 އިން ރައްކާތެރިވުމަށް، ވެކްސިންޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް މި މިނިސްޓްރީން އެދެމެވެ. އަދި، މިއަދުން ފެށިގެން، ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަނުކުރާ ފަރާތްތަކާމެދު، ވިޔަފާރިތަކުން ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް އަންގަމެވެ.   

1- ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި (އަމިއްލަ ފަރުދުންގެ ވިޔަފާރި / ކުންފުނި / ޕާރޓްނަރޝިޕް / ކޯޕަރޭޓިވް ސޮސައިޓީ) ތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުން. އަދި ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކުން، ޕީ.ސީ.އާރ ޓެސްޓް ހަދައިގެން މަސައްކަތަށް ނުތުކުން.

2- އިމްޕޯޓް މުދާ ވިއްކާ ތަންތަނުން އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ފޯރުކޮށްދިނުމުގައި ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އިސްކަންދިނުން.

3- ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން، ޚިދުމަތް ހޯދާ ފަރާތަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތެއްނަމަ، ޚިދުމަތް ނުދިނުން.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

01 ސެޕްޓެންބަރު 2021