ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AD/38/2021/694
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 09 ސެޕްޓެންބަރު 2021 10:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
07 އެއަރ ކޮންޑިޝަނަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

(IUL)38-AD/38/2021/694ނަންބަރު 

 

އިޢުލާނު

07 އެއަރ ކޮންޑިޝަނަރ ސަޕްލައިކޮށްދޭނެފަރާތެއް ހޯދުން

މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް 07 އެއަރ ކޮންޑިޝަނަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2021 ސެޕްޓެމްބަރ 08 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 2021 ސެޕްޓެމްބަރ 09 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

 

31 އޮގަސްޓް 2021