ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-CA/38/2021/693
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 19:07
ސުންގަޑި: 10 ސެޕްޓެންބަރު 2021 14:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ކ.ހުރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުން

(IUL)38-CA/38/2021/693: ނަންބަރު

އިޢުލާން

ކ.ހުރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެބައި-އިލެކްޝަން

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުން

2021 އޮކްޓޫބަރު 16 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކ.ހުރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ 2021 އޮގަސްޓު 30 ވީ ހޯމަ ދުވަހު ޢާންމުކޮށްފީމެވެ. މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު (http://www.gazette.gov.mv) އާއި، ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) އާއި، މާލެ އަތޮޅު ހުރާ ކައުންސިލް އިދާރާއިން ޢާންމުކޮށް ފެންނަން ހުންނާނެއެވެ. 

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ 2021 އޮގަސްޓު 30 ވާ ހޯމަ ދުވަހުން ފެށިގެން 2021 ސެޕްޓެންބަރު 10 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 02:00 ނިޔަލަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމުގައި ދެންނެވީމެވެ. ޝަކުވާ ހުށަހަޅާނީ މި ކޮމިޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެންނެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

 

30 އޮގަސްޓް 2021