ބީލަން
ނަންބަރު: (IUL)142-A1/142/2021/111
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 17:15
ސުންގަޑި: 07 ސެޕްޓެންބަރު 2021 11:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވަޤްފު ޢިމާރާތެއް ކަމަށްވާ

މި އިޢުލާންވަނީ 05 ސެޕްޓެންބަރު 2021 11:24 ގައި ބާތިލް ކުރެވިފައެވެ.


މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވަޤްފު ޢިމާރާތެއް ކަމަށްވާ "ދާރުލް އީމާން" ގެ 06 ފަންގިފިލާ ކުއްޔަށް ދިނުން:

 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ ވަޤްފު ޢިމާރާތެއް ކަމުގައިވާ "ދާރުލް އީމާން" ޢިމާރާތުގެ 06 ފަންގިފިލާ (ގްރައުންޑް ފްލޯއިން ފެށިގެން 5 ވަނަ ފްލޯއަށް) ކުއްޔަށްދޫކުރުމަށް ބޭނުންވާތީ، "ދާރުލް އީމާން ކުއްޔަށް ދިނުމުގެ އުޞޫލް" ގެ 4 ގެ (ހ) ގައި ބަޔާންކުރެވިފައިވާ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް މި ފުރުޞަތު ހުޅުވާލަމެވެ.

ދާރުލް އީމާންގެ 06 ފަންގިފިލާ ކުއްޔަށްދިނުމުގައި ބަލާނީ އެންމެ ބޮޑު އަގެއް ހުށަހަޅާފަރާތެކެވެ. މިޢިމާރާތުގެ ބޮޑުމިނަކީ 1400 އަކަފޫޓެވެ. އަދި ކުއްޔަށް ހިފުމުގައި ބަލާނޭ އެންމެ ދަށް ރޭޓަކީ، އަކަފޫޓަކަށް 35 ރުފިޔާގެ މަގުންނެވެ. އަދި އެންމެ މަތީ އަގު ހުށަހަޅާފަރާތުގެ އަގު މިހާރު ކުއްޔަށް ހިފާފައިވާ ފަރާތުން ހުށަހަޅާ އަގަށްވުރެ (ދިހަ އިންސައްތަ) ބޮޑު ނުވާނަމަ، ބިޑް އެވޯޑް ކުރުމުގައި މިހާރު ކުއްޔަށް ހިފާފައިވާ ފަރާތަށް އިސްކަން ދެވޭނެއެވެ. އަދި މިހާރު ކުއްޔަށް ހިފާފައިވާ ފަރާތުން ހުށަހަޅާ އަގަށްވުރެ 10% (ދިހަ އިންސައްތަ) އަށް ވުރެ ބޮޑުއަގުތަކެއް ހުށަހަޅައިފިނަމަ، އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް އެވޯޑް ކުރެވޭނެއެވެ.

މި ޢިމާރާތުގެ ފްލޯޗާޓު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

ވީމާ، މި ފަންގިފިލާ ކުއްޔަށް ހިފުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިކަމަށް އެދި 05 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ. މި ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. އަދި ބޭރުގައި އިޢުލާން ނަންބަރާއި އިޢުލާންގެ ސުރުޚީ ހިމަނަންވާނެއެވެ.

ޕްރޮޕޯސަލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

-     އިޢުލާން ނަންބަރު/ކޮންކަމެއްކަން އިނގޭނެހެން

-     ކުންފުނީގެ ޕްރޮފައިލް

-     ކުއްޔަށް ހިފަން ހުށަހަޅާ އަގާއި މުއްދަތު އެނގޭނޭ ލިޔުމެއް

-     ކުލި ދައްކަން ހުށަހަޅާ ގޮތް (އެއްފަހަރާ / ވަކިވަކިން ބަހާލައިގެން)

-     ފައިނޭންޝަލް ސްޓޭޓްމަންޓް(ވޭތުވެދިޔަ 1 އަހަރުގެ)

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 11:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020286، 3020212 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

30 އޮގަސްޓް 2021