ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2021/84
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 09 ސެޕްޓެންބަރު 2021 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބައްތި އާއި މަގު ބައްތި އަދި އެހެނިހެން ސަރަޙައްދުތަކުގެ ބައްތިތައް ބެލެހެއްޓުމާއި ގުޅޭ

އިޢުލާން

 

ބަނދަރު ބައްތި އާއި މަގު ބައްތި އަދި ރަށުތެރޭ އެހެނިހެން ސަރަހައްދުތަކުގެ ބައްތިތައް ބެލެހެއްޓުމާއި ގުޅޭ

 

             މިރަށު ބަނދަރު ބައްތި އާއި މަގު ބައްތި އަދި ރަށުތެރޭ އެހެނިހެން ސަރަހައްދުތަކުގެ ޖަހާފައިވާ ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭއްނުންވެއްޖެ އެވެ.

             ވީމާ، މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

             އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު މ ކައުންސިލްގެ އީމެއިލް [email protected]ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

30 އޮގަސްޓް 2021