ބީލަން
ނަންބަރު: (IUL)267/267/2021/29
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 09 ސެޕްޓެންބަރު 2021 12:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކުމުންދޫ ނޭޗާރ ޕާކް (ވެހިސަރާ) ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިން އާއީ އީއައިއޭ ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

ހދ.ކުމުންދޫ ނޭޗާރ ޕާކް (ވެހިސަރާ) ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިން އާއީ އީއައިއޭ ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

 

                  ހދ.ކުމުންދޫ ނޭޗާރ ޕާކް ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިން އާއި އެންވަޔަރަންމެންޓް އިންސްޕެކްޓް އެސެސްމެންޓް (އީއައިއޭ) އެއް ހަދަން ބޭނުންވެއެވެ.

 މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 13 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00ގައި މިއިދާރާގައި އޮންނާނެއެވެ.

         މި ކަމަށް އެދި ބިޑު ހުށައެޅޭނީ މިއިދާރާގައި ރަޖިސްޓްރީ ކުރާފަރާތް ތަކަށެވެ.

         ބިޑުހުށަހެޅުމަށް ރަޖިސްޓްރީ ކުރުން ކުރިއަށް ގެންދާނީ 02 ސެޕްޓެމްބަރ 2021 އިން 09 ސެޕްޓެމްބަރ 2021 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 12:00އަށް މި އިދާރާގައެވެ. ރަޖިސްޓްރީ ކުރަން އެދޭފަރާތްތަކުން މި އިދާރާއަށް ދުރުވެ ނުވަތަ މި އިދާރައިގެ އީމެއިލް އެޑްރެސް: [email protected] އަށް ރަޖިސްޓްރީ ވުމަށް އެދި އީމެއިލް އެއް ފޮނުވުމުން ބިޑުގައި ރަޖިސްޓްރީ ވެވޭނެއެވެ.

         ބިޑު ހުށަހެޅުމާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 20 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00ގައި މި އިދާރާގައެވެ.

        އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ދިވެހިރއްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

              

     މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 އޮގަސްޓް 2021