ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383/383/2021/40
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 30 ސެޕްޓެންބަރު 2021 12:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 100 ގޯއްޗެވެ. ކޮޅުމަޑުލު ވިލުފުށިން ގޯތި ދޫކުރުމުގެ އުޞޫލުގައި ގޯތި ދޫކުރާ ސަރަޙައްދާއި، ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ހުންނަންޖެހޭ ޝަރުތުތަކާއި އަދި ގޯތި ދޫކުރުމުގައި ބަލާނެ މިންގަނޑުތަކާއި ޢަމަލުކުރާނޭ އެންމެހާ ކަންކަން ހިމެނިފައިވާނެއެވެ.

             ވީމާ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން ގޯއްޗަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް، 2021 ސެޕްޓެމްބަރ 30 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

ފޯމު ދޫކުރަން ފަށާ ތާރީޚް:

31 އޮގަސްޓް 2021

ފޯމު ދޫކުރުމާއި/ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑި:

ރަސްމީ ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށް

ފޯމުގެ އަގު:

-/50 ރުފިޔާ

ފޯމު ދޫކުރުމާއި/ބަލައިގަތުމަށް ހަމަޖެހިފައިވާ ތަން:

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ

ފޯމު ބަލައިގަންނާނެ އެންމެ ފަހު ތާރީޚް/ގަޑި:

30  ސެޕްޓެމްބަރ 2021 ، 12:00

ކޮޅުމަޑުލު ވިލުފުށިން ގޯތި ދޫކުރުމުގެ އުޞޫލު ތިރީގައިވާ ލިންކުން ލިބިލައްވާނެއެވެ.

https://cutt.ly/NWgfcp3

ފޯމު ނަގަން/ހުށަހަޅަން އަންނަފަރާތުގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ.

30 އޮގަސްޓް 2021