ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2021/32
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 08:46
ސުންގަޑި:
30 އޮގަސްޓް 2021 13:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލްކުރުން
އިޢުލާން
ރައްޔިތުންނާއި ބައްދަލްކުރުން
ޤާނޫން ނަމްބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާ ގެ "ށ"ގެ ދަށުން ބާއްވަން ޖެހޭ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބައްދަލްވުން، 30އޮގަސްޓް 2021ވާ ހޯމަ ދުވަހުގެ 1:30ގައި ލ.ކުނަހަންދޫ ކައުންސިލްގައި އޮންނާނެއެވެ.
މި ބައްދަލްވުމުގައި ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަންކަން ތިރީގައި އެވަނީއެވެ.
- ތަރައްޤީ ޕުލޭނަށް ސިފައަންނަމުންދާ ގޮތް
- ރައްޔިތުންގެ ހިޔާލު (ރަށުގެ ތަރައްޤީގެ ކަންކަމުގައި )
- ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތަފްސިލު ދިނުން
- ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތަރައްޤީ ޕްލޭނާއި ފައިނޭސިއަލް ޕްލޭން އެކުލަވާ ލުމަށް ހިޔާލު ހޯދުން
ވީމާ، މަތީގައި ދެންނެވިފައިވާ ކަންކަމަށް ހިޔާލުދިނުމަށް ތައްޔާރުވެގެން އައުމަށް ކުނަހަންދޫގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.
18 މުހައްރަމް 1442
26 އޮގަސްޓް 2021
26 އޮގަސްޓް 2021