މަސައްކަތް
ނަންބަރު: (IUL)249-A/249/2021/48
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 08:16
ސުންގަޑި: 09 ސެޕްޓެންބަރު 2021 13:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާ ބަނދަރުމަތީ ސަރަހައްދުގައި ފިހާރަ،ގުދަން ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޑިޒައިންކޮށް ބިނާކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ހއ. ކެލާ ބަނދަރުމަތީ ސަރަހައްދުގައި ފިހާރަ،ގުދަން ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޑިޒައިންކޮށް ބިނާކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ

              ހއ.ކެލާ ބަނދަރުމަތީ ސަރަހައްދުގައި ފިހާރަ، ގުދަން ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޑިޒައިންކޮށް ބިނާކޮށްދޭނެފަރާތެއް ހޯދުމަށް ކުރި ނަންބަރ: (IUL)249-B/249/2021/39 އިޢުލާނާއި ގުޅިގެން އެކަށީގެން ވާވަރަށް ފަރާތްތަކުން ސައުގުވެރިކަން ފާޅުކޮފައި ނުވާތީ އެ އިޢުލާން ބާތިލްކޮ އަލުން އިޢުލާން ކުރަމެވެ.

              ހއ.ކެލާގެ ބިނާވެށި ޕްލޭންގައި ހިމެނިފައިވާ ކެލާ ބަނދަރުމަތީ ޕްލޮޓްނަންބަރ (Comm/4) އަދި (Comm/6)، ގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ގުދަން އަދި ފިހާރަ ޑިޒައިންކޮށް ބިނާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

06 ސެޕްޓެމްބަރ 2021

ހޯމަ

13:00

ޕްރޮޕޯސަލް ހުށަހެޅުން

09 ސެޕްޓެމްބަރ 2021

ބުރާސްފަތި

13:00

 

              މަޢުލޫމާތު ސާފުކުރުމާއި ޕްރޮޕޯސަލް ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

              މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 އޮގަސްޓް 2021 ން06 ސެޕްޓެމްބަރ 2021ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓަރ ކުރެވުން ނުވަތަ ބިޑް ރަޖިސްޓްރޭޝަން ފޯމް ލިންކް https://tinyurl.com/69tbc9a6  މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.  ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

29 އޮގަސްޓް 2021