ދިވެހިރާއްޖެ
މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް މި ކުންފުނީގެ 2022 ގެ ކަލަންޑަރު ޑިޒައިންކޮށް، ޕްރިންޓްކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
މަޢުލޫމާތު ސާފު ކުރެއްވުން |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
|
01 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 14:00 |
22 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 |
މިކަމަށް އެދި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.