ނޫސްބަޔާން
ނަންބަރު: (PR)202/M/202/2021/2
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 31 އޮގަސްޓް 2021 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ނަވިއޯސް އަމާރީސް ފަރަށް އެރި ހާދިސާ އާއި ގުޅޭ

ނަންބަރު: (PR)202-M/202/2021/2

ނޫސްބަޔާން

ޕެނެމާގައި ރަޖިސްޓަރީ ކޮށްފައިވާ އެމް.ވީ. ނަވިއޯސް އަމާރީލިސް (ބަލްކު ކެރިއަރ) ފަރަށް އެރި ހާދިސާއާއިގުޅޭ

ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ އައި.އެމް.އޯ ނަންބަރު 9423487 “Mv. Navios Amaryllis” ކާގޯ އުފުލާ ބޯޓެއް 2021 އޯގަސްޓް 19 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު މާލެއަތޮޅު ރަސްފަރީ ފަރަށް އަރާފައިވާ ހާދިސާއާއި ގުޅިގެން މި އޮތޯރިޓީއާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އުޅަނދުގެ ވެރިފަރާތާއި ގުޅިގެން ހުއްޓުމެއް ނެތި ކުރި މަސައްކަތުން މިއަދު މެނދުރު 14:08 ގައި އުޅަނދުވަނީ ފުން ކުރެވިފައެވެ.

މިހާތަނަށް ބެލި ބެލުމުން އުޅަނދުން ތިމާވެއްޓަށް ގެއްލުންވާނެ އެއްވެސް އެއްޗެއް ބޯޓުން ބޭރުވެފައި ނުވެއެވެ. ބޯޓުގައި ހުރި ލޯސަލްފާ އައި.އެފް.އޯ ގެ ތެރެއިން ޕްލޭން ކުރި ގޮތަށް ތިރީ ތާގީތަކުން އުޅަނދުގެ މަތީ ތާގީތަކަށް ރައްކާތެރިކަމާއެކު ވަނީ ތެޔޮ ޓްރާންސްފާ ކޮށްފައެވެ.

އުޅަނދު ސަލްވޭޖުކޮށް އުޅަނދު ޕޯޓް ލިމިޓް އޭރިޔާގައި ބޯޓު އެންކާކުރުމަށްފަހު ބޯޓުގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ފެށިގެން ދާނެއެވެ. އަދި ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުން ބެލުމަށްޓަކައި އެންވަޔަރުމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި ކޯސްޓްގާޑުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ވާހަކަވެސް ދެންނެވީމެވެ.

ބޯޓު ސަލްވޭޖު ކުރުމަށްޓަކައި މެދު ކެނޑުމެއްނެތި އުޅަނދުގެ ވެރިފަރާތާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ކުރަމުންދިއަ މަސައްކަތްތައް މި މިނިސްޓްރީ ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.

29 އޮގަސްޓް 2021