ނީލަން
ނަންބަރު: GS53/IUL/2021/25
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 10 ސެޕްޓެންބަރު 2021 16:00
ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ބައުތަކެތި ނީލަންކިޔުން

އިޢުލާން

މި ސްކޫލްގައި ބޭނުންކޮށް ބައުވެފައިހުރި ޑެސްކްތައް ނީލަންކިޔުމާ ބެހޭ

 މި ސްކޫލްގައި ބޭނުންކޮށް ބައުވެފައިހުރި ޑެސްކްތައް ނީލަން ކިޔުން 2021 ސެޕްޓެންބަރު 10 ވާ ހުކުރު ދުވަހު ހަވީރު 4:15 ގައި މި ސްކޫލްގައި އޮންނާނެއެވެ.  

 މި ނީލަމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންވާ ބޭފުޅުން 2021 ސެޕްޓެންބަރު 10 ވާ ހުކުރު ދުވަހު ހަވީރު 4:15 އަށް މި ސްކޫލަށް ވަޑައިގެންނެވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެ ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު ނީލަން ނިމޭތާ ގިނަވެގެން 6 ގަޑިއިރުތެރޭ ތަކެތި ގެންގޮސް، ބިން ސާފުކުރައްވަންވާނެއެވެ.

ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ. އަދި ނީލަމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެޗް.ޕީ.އޭ ގެ ގައިޑްލައިނާއި އެއްގޮތަށް މާސްކް އަޅުއްވައިގެން ވަޑައިގެންނެވުމަށް އިލްތިމާސް ކުރަމެވެ.

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ޖަލާލުއްދީން ސްކޫލް / ކުޅުދުއްފުށި ސިޓީ
  • ފޯން:  6528815, 6528873
  • އީ-މެއިލް: [email protected]

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 އޮގަސްޓް 2021