ދިވެހިރާއްޖެ
- ތަޢާރަފް:
(ހ) މި އުސޫލަކީ ނޭކުރެންދޫ ކައުންސިލް އިދާރާގެ ލައުޑް ސްޕީކަރ ސިސްޓަމުން ޢާއްމުންނަށް ޙިދުމަތް ދިނުމުގެ އުސޫލެވެ.
(ށ)މި އުސޫލަށް ކިޔަނީ " ނޭކުރެންދޫ ކައުންސިލް އިދާރާގެ ލައުޑް ސްޕީކަރ ސިސްޓަމުން ޢާއްމުންނަށް ޙިދުމަތް ދިނުމުގެ އުސޫލު " އެވެ.
2. ޢަމަލުކުރަން ފަށާ ތާރީޚް:
(ހ) މިއުޞޫލަށް ޢަމަލުކުރަންފަށާނީ މިއުޞޫލް ނޭކުރެންދޫ ކައުންސިލުން ފާސްކޮށް ގެޒެޓްކުރާ ދުވަހުން ފެށިގެންނެވެ.
3. އާއްމު ބައިތައް:
(ހ) ޚިދުމަތް ދެވޭނެ ގަޑިތައް ތިރީގައި އެވަނީއެވެ.
ރަސްމީ ގަޑި |
ނުރަސްމީގަޑި |
ހެނދުނު 8:00ން މެންދުރުފަހު 2:00އަށް |
ހެނދުނު 6:00 ން 8:00އަށް |
މެންދުރު ފަހު 2:00ން ރޭގަނޑު 9:00އަށް |
(ށ) ނަމާދުވަގުތުތަކުގައި ގޮވައިދިނުމުގެ ޚިދުމަތެއް ނުދެވޭނެއެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި މިޚިދުމަތް ދިނުމަށް ފީ ނަގާނީ ނުރަސްމީ ގަޑީގައި ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ރޭޓުން އެ ގަޑިތަކުގައެވެ.
(ނ) ޚިދުމަތްދެވޭނީ ) ދެންނެވުންތައް ދެންނެވޭނީ( ކައުންސިލް އިދާރާއަށް ދުރުވެ ހިދުމަތައްއެދޭ ފޯމް ފުރުމަށްފަހު ކަނޑައެޅިފައިވާ ފައިސާ ދެއްކުމަށްފަހުގައެވެ.
ތަފްސީލް |
ރަސްމީގަޑި |
ނުރަސްމީގަޑި |
ތަކުރާރުކުރުމަށް |
އަމިއްލަފަރާތްތައް |
10ރުފިޔާ |
20ރުފިޔާ |
އިތުރަށް 5ރުފިޔާ |
ރަށުގައިހިންގާ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް |
15ރުފިޔާ |
25ރުފިޔާ |
އިތުރަށް 10ރުފިޔާ |
ރަށުން ބޭރު ވިޔަފާރިތައް |
25ރުފިޔާ |
35ރުފިޔާ |
އިތުރަށް 15ރުފިޔާ |
ކުންފުނިތައް |
50ރުފިޔާ |
100ރުފިޔާ |
އިތުރަށް 25ރުފިޔާ |
ރަށުގެ މުއައްސަސާތައް އަދި ކުލަބް ޖަމްޢިއްޔާ/ޖަމާޢަތްތައް |
ހިލޭ |
(ރ) ކޮންމެ ގޮވުމެއްގެ އިބާރާތް ފަސްފަހަރު ގޮވައިދެވޭނެއެވެ.
(ބ) އެއްކަމެއްގައި ގިނަވެގެން އެކަކަށް ގޮވައިދެވޭނީ ދަންފަޅިއަކު ތިންފަހަރުއެވެ.
(ޅ) ސިޔާސީ އެއްވެސް ހަރަކާތަކަށް މި ހިދުމަތް ފޯރުކޮށެއް ނުދެވޭނެއެވެ.
(ކ) މި އުޞޫލަށް އަމަލުކުރަން ފެށުމާއިއެކު ޚިދުމަތްހޯދުމަށް ގުޅަންޖެހޭ ނަންބަރު ކައުންސިލުން އާއްމުކުރަންވާނެއެވެ.
4. މި އުޞޫލަށް ބަދަލުގެނައުން:
މިއުޞޫލަށް ބަދަލު ގެނެވޭނީ، އެބަދަލެއް މި އުޞޫލުގައި ހިމެނުމަށްފަހު، ނުވަތަ އިސްލާޙް ކުރުމަށްފަހު ނޭކުރެންދޫ ކައުންސިލުގެ ޖަލްސާއަކުން ފާސްކޮށްގެންނެވެ.