ދިވެހިރާއްޖެ
އިޢުލާން
އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރާގުޅޭ ޢާންމު ޚިދުމަތްދޭ ފަރާތްތަކުން، ކޮވިޑު-19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަ ނުކުރާ ފަރާތްތަކަށް ޚިދުމަތްދިނުމާ ގުޅޭ.
ކޮވިޑު-19 އިން ރައްކާތެރިވުމަށް، ޤާނޫނު ނަންބަރު 2012/7 (އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ވެކްސިނަށް ޝަރުޠު ފުރިހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-L/CIR/2021/26 (07 އޮގަސްޓް 2021) އިޢުލާނުން އަންގަވާފައިވުމާއެކު ދަންނަވަމެވެ.
ވެކްސިން ޖެހުމަށް ޝަރުތު ހަމަވާފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމަށްޓަކައި 01 ސެޕްޓެމްބަރ 2021 ވަނަ ދުވަހުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުޠުހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކާމެދު، ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަންނަނިވި ގޮތަށް ޢަމަލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދެންނެވީމެވެ.
- އެއްގަމާއި ކަނޑުދަތުރު ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނާއި، އަދި ޑޮމެސްޓިކް ވައިގެދަތުރު ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ޚިދުމަތްދިނުމުގައި އެޗް.ޕީ.އޭގެ ގައިޑްލައިންގައި ޝަރުޠު ކުރައްވާފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު މެނުވީ ޚިދުމަތް ނުދިނުން.
- ރައްޔިތުންނާ ގާތުން ދޭންޖެހޭ ޓެކްސީގެ ޚިދުމަތްތައް ދޭފަރާތްތަކުން އެޗް.ޕީ.އޭގެ ގައިޑްލައިންގައި ޝަރުޠު ކުރައްވާފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު މެނުވީ ޚިދުމަތް ނުދިނުން.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
20 މުޙައްރަމް 1443
28 އޮގަސްޓް 2021