ދިވެހިރާއްޖެ
މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުލީ ބިންތަކުގެ ތެރެއިން "ލ.ގަން ތުނޑީ ވިޔަފާރި ޒޯންގައިވާ ފީރޯޒު 19،20،28،29،30، ނަންބަރު" ބިންތަށް 25 އަހަރު ދުވަހަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 1 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން ބިޑް ޑޮކިއުމަންޓު ގަތުމަށްފަހު، ތިރީގައި މި ދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ޑޮކިއުމަންޓު ލިބެން ހުންނާނީ ކޮންމެ ރަސްމީ ދުވަހެއްގެ 8:30 އިން 12:00 އަށް މި އިދާރާގެ ބަޖެޓް ސެކްޝަންގެ ކައުންޓަރުންނެވެ. އަދި ބިޑު ޑޮކިއުމަންޓެއްގެ އަގަކީ -/100 (ސަތޭކަ) ރުފިޔާއެވެ.
|
ތަން |
ތާރީޚް |
ގަޑި |
ބިޑު ޑޮކިއުމަންޓު ވިއްކުން |
ލ.ގަމު ކައުންސިލް އިދާރާގެ ބަޖެޓް ސެކްޝަން |
26 އޮގަސްޓް 2021 އިން 1 ސެޕްޓެމްބަރ 2021 އަށް |
12:00-8:30 |
ޕްރީ ބިޑު މީޓިން |
ލ. ގަމު ކައުންސިލްގެ އިދާރާގެ ސެމިނަރ ރޫމް |
2 ސެޕްޓެމްބަރ 2021 |
13:30 |
ބިޑު ހުށަހެޅުން |
ލ. ގަމު ކައުންސިލްގެ އިދާރާގެ ސެމިނަރ ރޫމް |
9 ސެޕްޓެމްބަރ 2021 |
13:30 |
އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. ކައުންސިލް އިދާރާއަށް ދުރުވާއިރު މާސްކު އެޅުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ވީމާ، މި ކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.