ޢާންމު މަޢުލޫމާތު
ނަންބަރު: SAM/IUL/2021/06
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 17:53
ސުންގަޑި: 11 ސެޕްޓެންބަރު 2021 09:30
ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޤައުމީ ސްކައުޓް އެސެންބްލީގެ 2019 އަދި 2020ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ ފަސްކުރުން

ޤައުމީ ސްކައުޓް އެސެންބްލީގެ  2019 އަދި 2020 ވަނަ އަހަރުގެ ޢާއްމު ޖަލްސާއަށް ޙާޟިރުވުމަށް ދަންނަވައި 2021 ޖޫން 25 ގައި ކުރެވުނު އިޢުލާނުގައި އެ ބައްދަލުވުން، 2021 އޮގަސްޓު 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ ވާނީ ދެންނެވިފައެވެ.

އެހެންނަމަވެސް، މިހާރު ހިނގަމުންދާ ދުނިޔޭގެ ސްކައުޓް ކޮންފަރެންސްގެ ބައްދަލުވުންތަކުގައި މި އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވަމުންދާތީއާއި، އަދި މިނޫންވެސް ބައެއް ސަބަބުތައް ހުރުމާއެކު، މިހާރު ޤައުމީ ސްކައުޓް އެސެންބްލީގެ  2019 އަދި 2020 ވަނަ އަހަރުގެ ޢާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލު ގެނެސް، އަންނަ ސެޕްޓެންބަރު މަހުގެ 11ވާ ހޮނިހިރު ދުވަހު ހެނދުނު 9:30 އިން ފެށިގެން ޤައުމީ ސްކައުޓް އެސެންބްލީގެ ބައްދަލުވުމުން ކުރިއަށް ގެންދިއުމަށް، 2021 އޮގަސްޓު 25ވަނަ ދުވަހު ރޭ ބޭއްވުނު ސްކައުޓް ކައުންސިލްގެ ބައްދަލުވުމުން ވަނީ ނިންމަވާފައެވެ.

ވީމާ، 2021 އޮގަސްޓު 28ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ސްކައުޓް އެސެންބްލީގެ ބައްދަލުވުން، 2021 ސެޕްޓެންބަރު 11ވާ ހޮނިހިރު ދުވަހަށް ބަދަލު ކުރެވުނު ވާހަކަ ދެންނެވީމެވެ. އަދި މި ބަދަލާއިގުޅިގެން، މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން މަޢާފަށް އެދެމެވެ.

 1.     ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި

2021 ސެޕްޓެންބަރު 11 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9.30 އިން ފެށިގެން.

 2.     ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަން:

ކޮވިޑް-19ގެ ބަލިމަޑުކަން އޮތުމާއެކު، މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިން ވަޞީލަތެއް މެދުވެރިކޮށެވެ. ޖަލްސާ ބޭއްވުމުގައި ބޭނުންކުރާނެ ވަޞީލަތުގެ ތަފްޞީލް އެސޯސިއޭޝަނުން ޢާއްމު ކުރާނެއެވެ

 3.     ޖަލްސާގެ އެޖެންޑާ

(1)   ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން

(2)   2020 ޖަނަވަރީ 24 ވަނަ ދުވަހު ބޭއްވުނު ސްކައުޓް އެސެންބްލީގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން

(3)   2019 ނޮވެންބަރު 27ވަނަ ދުވަހު ބޭއްވުނު ސްކައުޓް އެސެންބްލީގެ ޚާއްޞަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން.

(4)   2019ވަނަ އަހަރުގެ އަހަރީ ރިޕޯޓު ފާސްކުރުން

(5)   2019ވަނަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުން

(6)   2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ފާސްކުރުން

(7)   2020 ވަނަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުން

(8)   ޤައުމީ ޚަޒާންދާރުގެ މަޤާމުގެ ހުސްވުމުގެ ސަބަބުން އެމަޤާމަށް ޢައްޔަނު ކޮށްފައިވާ ފަރާތް ހިނގަމުންދާ ދައުރުގެ ނިޔަލަށް މަޤާމުގައި ދެމިހުރުމާމެދު ރުހުން ހޯދުން.

(9)   ސްކައުޓް ފަންޑުގެ ބޯޑަށް އަލަށް އައްޔަނުކޮށްފައިވާ މެންބަރުންނަށް ރުހުން ހޯދުން

(10)   ޤައުމީ ސްކައުޓް ކައުންސިލްގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ތަޢާރަފްވުން

(11)   ޤައުމީ ސްކައުޓް ކައުންސިލްގެ އިންތިޚާބު

(12)   މަންދޫބުން ޚިޔާލު ފާޅުކުރުން.

 4.     ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް

މިޖަލްސާއަށް ޙާޟިރުވެ ބައިވެރިވެވޭނީ 2020ވަނަ އަހަރުގެ ނިޔަލަށް އަހަރީ ފީ ދައްކާފައިވާ ސްކައުޓް ގުރޫޕުތަކުގެ މަންދޫބުންނަށެވެ.

 5.     ޖަލްސާއާ ގުޅުންހުރި ލިޔެކިޔުން

މިޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ލިޔެކިޔުންތައް 2021 ސެޕްޓެންބަރު 04ގެ ނިޔަލަށް ޢާއްމު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

********************

 18 މުޙައްރަމް 1443

26 އޮގަސްޓު   2021

 

26 އޮގަސްޓް 2021