ދެންނެވުން
ނަންބަރު: 2020/33
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 15:51
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމަށް ކުރިއަށްގެންދެވޭ އިންޓަވިއުގައި އޮބްޒާވަރުން ކަނޑައެޅުން

ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ އުޞޫލު 2021" ގެ 11.2 ގެ (ނ) އާއި ޙަވާލާދީ ދަންނަވަމެވެ.

އިސްވެ ދެންނެވުނު ޕޮއިންޓުގައި، ސެކްރެޓަރީ ޖެނެރަލް ހޮވާ އިދާރާގެ ކައުންސިލްގެ މޭޔަރ/ރައީސް އަދި ކައުންސިލްގެ މެންބަރުން ހިމެނޭގޮތުން 3 ފަރާތަށް ވުރެ އިތުރުނުވާހެން އިންޓަވިއު ޕެނަލްގެ އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެވިދާނެކަމުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމަށް ކުރިއަށްގެންދެވޭ އިންޓަވިއުތަކަކީ އެއްވަގުތެއްގައި ކުރިއަށްގެންދެވޭ އިންޓަވިއުތަކެއް ކަމުގައިވާތީ އިންޓަވިއު ޕެނަލްގެ އޮބްޒާވަރުންގެ ގޮތުގައި ސެކްރެޓަރީ ޖެނެރަލް ހޮވާ އިދާރާގެ ކައުންސިލްގެ މޭޔަރ/ރައީސް އަދި ކައުންސިލްގެ އެއްވެސް މެންބަރަކަށް ބައިވެރިނުވެވޭ ޙާލަތެއް މެދުވެރިވެއްޖެނަމަ ކައުންސިލުން ކަނޑައަޅާ އެއް ފަރާތަކަށް އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވެވޭގޮތަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ވީމާ، ކުރިއަށް މިއޮތް ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމަށް ކުރިއަށްގެންދެވޭ އިންޓަވިއުތަކުގައި ކައުންސިލްގެ މޭޔަރ/ރައީސް އަދި ކައުންސިލްގެ މެންބަރުން ގެ ބަދަލުގައި ކައުންސިލްގެ ފަރާތުން އޮބްޒާވަރެއް ބައިވެރިކުރައްވަން ބޭނުންވާކަމުގައި ވާނަމަ ކައުންސިލްގެ ނިންމުމަކާއެކު އެ ފަރާތުގެ މަޢުލޫމާތު މި ކޮމިޝަނަށް އެންގެވުމަށް ދަންނަވަމެވެ.

26 އޮގަސްޓް 2021