ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HR/IU/2021/413
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 02 ސެޕްޓެންބަރު 2021 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މެކޭނިކް

މެކޭނިކް
ހުޅުމާލޭ އޮޕަރޭޝަންސް

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ސަނަދެއް އޮތުމާއެކު މަދުވެހެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަދާކުރަންޖެހޭ ތަން:
ހުޅުމާލެ

މަޤާމުގެ މަސްއޫލިއްޔަތު:
ވެހިކަލް މަރާމާތު ކުރުމާއި މެއިންޓަނަންސްކޮށް ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ކުންފުނީގެ ވެހިކަލްތަކާއި އަދި އިކްއިޕްމަންޓްތައް ސާރވިސް ކުރުމާއި މަރާމަތުކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
- ވެހިކަލް މަރާމާތު ކުރުމާ ގުޅިގެން ކުރަންޖެހޭ ޓެސްޓްތައް ކުރުން.
- ވެހިކަލްތަކުގެ ސަރވިސެބިލިޓީ ބެލުމަށްޓަކައި ކުރަންޖެހޭ އެކިކަހަލަ ޓެސްޓުތައް ގަވާއިދުން ކުރުމާއި ރިކޯޑްސްތައް ބެލެހެއްޓުން.
- ވެހިކަލްތަކާއި އިކުއިޕްމެންޓްސްތައް ސާފުކޮށް ބެލެހެއްޓުން.
- ވެހިކަލްތަކުގެ އެޕިއަރެންސް މެއިންޓެއިންކޮށް ބެހެއްޓުމަށްޓަކައި ވެހިކަލްތައް ދޮވެ، ސާފުކުރުމާއި ކޯޕަރޭޓް ޑިޒައިން އާއި އެއްގޮތަށް ވެހިކަލްތަކުގައި ޕެއިންޓް ކުރުމުގެ އެންމެހާ މަސައްކަތައް ކުރުން.
- މަޤާމުގެ މަސައްކަތާއި ގުޅޭ ރިޕޯރޓްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ތައްޔާރުކުރަންޖެހިއްޖެ ޙާލަތުގައި ތައްޔާރުކުރުން.
- އެކުގައި މަސައްކަތްކުރާ އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން، މިކަމަށް ހެދިފައިވާ ގަވާއިދެއް ވާނަމަ އެގަވާއިދުތަކަށް ބޯލަނބާ، ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
- ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.

މުސާރަ: 12500.00ރ އާއި 14000.00ރ ދެމެދުގެ މުސާރައެއް ލިބޭނެއެވެ.
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
.....................................................................................................................................................................................................
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 2 ސެޕްޓެންބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކޯޕަރޭޝަނުގެ ރިޝެޕްޝަނަށް ވަޒީފާއަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3355353 އަށް ގުޅާލައްވާ.

ލިންކު: ( https://rb.gy/ecaxju )

 

26 އޮގަސްޓް 2021