ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)415-HR/415/2021/99
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 06 ސެޕްޓެންބަރު 2021 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

މަޤާމް:

އެސިސްޓެންޓް ލީގަލް އޮފިސަރ

ކްލެސިފިކޭޝަން:

އެސިސްޓެންޓް ލީގަލް އޮފިސަރ ގްރޭޑް 1

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭ ތަން:

 ގދ.ތިނަދޫ ކައުންސިލްގެ އިދާރާ

މުސާރަ:

-/11000 (އެގާރަ ހާސް ރުފިޔާ)

ސާރވިސް އެލވަންސް:

 2,600/- (ދެހާސް ހަސަތޭކަ ރުފިޔާ)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ޝަރުޠު

  1.   ޤާނޫނީ ދާއިރާ އިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 07 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
  2. އުމުރުން 55 އަހަރު ވެފައިނުވުން.
  3. ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)

މައިގަނޑު މަސައްކަތް:

ކައުންސިލަށް ޤާނޫނީ ލަފާ ދިނުމާއި، ކައުންސިލްގެ އިދާރާގެ މައްސަލަތަކާއި ގުޅިގެން ދޭންޖެހޭ ޤާނޫނީ ލަފާ ދިނުމާއި، ކޯޓުތަކުގައި ކައުންސިލްގެ އިދާރާ ތަމްސީލުކުރުމާއި، ކޯޓުތަކަށް ހުށަހަޅަންޖެހޭ ލިޔުންތައް ތައްޔާރުކުރުމާއި، ކައުންސިލްގެ ގަވާއިދުތައް އިސްލާޙްކުރުމާއި، ކައުންސިލްގެ އިދާރާގެ މުވައްޒަފުން ޤާނޫނުތަކަށް އަހުލުވެރިކުރުވުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު

  1. ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %25 )
  2. މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ )
  3. އިމްތިހާނު ނުވަތަ ހުށަހަޅާ ޕްރެޒެންޓޭޝަނަށް ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
  4. އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %40 )

އެޕްލިކޭޝަން ސުންގަޑި:

06 ސެޕްޓެމްބަރ 2021 ވާ ހޯމަދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ.

ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ، ތިނަދޫ ކައުންސިލްގެ އިދާރާގެ ވަޒީފާއަށް އެދޭ ފޯމް. ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. ( ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. ( މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ދައުލަތުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
  6. ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )

އިތުރު މަޢުލޫމާތު

  1. ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ ތިނަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރަށެވެ އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ކައުންސިލްގެ އިދާރާގެ  ރަސްމީ އީ މެއިލް އެޑްރެސްއަށް [email protected] އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމާއެކު ހުށަހަޅާ ލިޔުންތައް ހަމަތޯ ޗެކްކުރުމަކީ އީމެއިލްކުރާ ފަރާތެއްގެ ޒިންމާއެކެވެ. އަދި ފޯމާއެކު ހުށަހަޅާ ލިޔުންތައް ހަމަނުވާނަމަ، އެފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
  3. އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 10 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކައުންސިލްގެ އިދާރާގެ ވެބްސައިޓުގައި އަދި ނޯޓިސް ބޯޑުގައި ޝާއިޢު ކުރެވޭނެއެވެ.
  4. މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކައުންސިލްގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 6841718

އީމެއިލް: [email protected]

 

25 އޮގަސްޓް 2021