ދެންނެވުން
ނަންބަރު: (IUL)264/PRIV/2021/41
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:07
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީ އަމިއްލަފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނެގުމަށް ދަންނަވާ

ބަނދަރުމަތީ ސަރަހައްދު ސާފުކޮށް ބޭއްވުމަށް ކައުންސިލުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ބަނދަރުމަތީ ސަރަހައްދުގައި އަމިއްލަފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނަގައި ސާފުކުރުމަށް ވަނީ ނިންމާފައެވެ.

          ވީމާ، ބަނދަރުގެ އެކިސަރަހައްދުތަކުގައި އަމިއްލަ ފަރާތްތަކުން ބަހައްޓާފައިހުރި ތަކެތި 01 ސެޕްޓެމްބަރ 2021 ވާ ބުދަދުވަހުގެ ކުރިން ނެންގެވުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގައި ނުނަގާ ހުންނަތަކެތި ކުނީގެ ގޮތުގައި އުކާލެވޭނެއެވެ.

          ހަމަމިއާއެކު ބަނދަރުމަތީގައި ވެލި، ހިލަ އަދި ހިލަވެލިފަދަ ވަގުތުން ގެންގޮސް ހުސް ނުކުރެވޭފަދަ ތަކެތި ބަހައްޓަވަން ވާނީ ބަނދަރުގެ އުތުރުކޮޅުން ވާޓާރުން ފެށިގެން 05 ފޫޓްދުރުގައި އެވެ. މިގޮތައް ބަހައްޓާ ތަކެތިވެސް އެންމެ ގިނަވެގެން 48 ގަޑިއިރުތެރޭ ގެންގޮސް ހުސްކުރުމަށް ދަންނަވަމެވެ.

26 އޮގަސްޓް 2021