ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)38-AB/38/2021/688
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 05 ސެޕްޓެންބަރު 2021 15:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ޑްރައިވަރ (އެސް.އެސް 4) - އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާވިސް ސެކްޝަން

(IUL)38-AB/38/2021/688: ނަންބަރު

އިޢުލާން

ޑްރައިވަރ (އެސް.އެސް 4) މަޤާމަށް މީހަކު ހޯދުމަށް ކޮށްފައިވާ ނަންބަރު:IUL]38-AB/38/2021/675] (3 އޮގަސްޓު 2021) އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަށް މަދުކަމަށް ފާހަގަކުރެވޭތީ، އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިއުލާނު ކުރީމެވެ.

 މަޤާމު:

 ޑްރައިވަރ (އެސް.އެސް 4)

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ސެކްޝަން:

 އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާވިސް ސެކްޝަން

 އަސާސީ މުސާރަ:

 މަހަކު 4340.00 ރުފިޔާ (ހަތަރުހާސް ތިންސަތޭކަ ސާޅީސްރުފިޔާ)

 ސާރވިސް އެލަވަންސް:

 މަހަކު 1000.00 ރުފިޔާ (އެއްހާސް ރުފިޔާ)

 ލިވިންގ އެލަވަންސް:

 މަހަކު 2000.00 ރުފިޔާ (ދެހާސް ރުފިޔާ)

 ޚާއްޞަ އެލަވަންސް:

 މަހަކު 1953.00 ރުފިޔާ (އެއްހާސް ނުވަސަތޭކަ ފަންސާސް ތިންރުފިޔާ) (މުސާރައިގެ %45)

 ފޯން އެލަވަންސް:

 މަހަކު 100.00 ރުފިޔާ (އެއްސަތޭކަ ރުފިޔާ)

 ވަޒީފާގެ ބާވަތް: 

 ދާއިމީ

 މަސައްކަތުގެ ވަގުތު:

 އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

 

 ފެންވަރު ނުވަތަ ޝަރުޠު:

  1. މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް(B1 ކެޓަގަރީ)/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ގްރޭޑް 7 ނިންމާފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ،
  3. އެސް. އެސް 3 ރޭންކުގެ މަޤާމެއްގައި މަސައްކަތްކޮށް 1 އަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވުން.

ނޯޓް: ގްރޭޑް 7 ނިންމާފައިވާކަން ކަށަވަރުކުރާނީ، ލީވިންގ ސެޓްފިކެޓް ނުވަތަ ގްރޭޑް 7 ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލުން ދޫކޮށްފައިވާ ލިޔުމަކަށް ރިޢާޔަތްކޮށެވެ.

 އެހެނިހެން ޝަރުތު:

  1. ޢުމުރުން 18 އަހަރު ފުރިފައިވުން.
  2. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  3. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  4. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.

 މަސްއޫލިއްޔަތު:

  - އިލެކްޝަންސް ކޮމިޝަނުގެ ވެހިކަލުގައި ކުރަންޖެހޭ ދަތުރުތައް ކުރަންޖެހޭ ގަޑިއަށް ކުރުން.

  - ވެހިކަލްގެ ހާލަތު ކޮންމެ ދުވަހަކު ބަލާ އެއަށް އަޅަންޖެހޭ ތެޔޮ ފަދަ ތަކެތި އަޅާ ސާފުކޮށް ދޮވެ ބެލެހެއްޓުން.

  - އޮފީހުން އެކި ފަރާތްތަކަށް ރައްދުކޮށްދޭންޖެހޭ ލިޔެކިޔުންތައް ރައްދުކުރުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

  3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

  - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

  - މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިޔުންތައް ހުށަހަޅާނީ 5 ސެޕްޓެންބަރު 2021 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަނުގެ ރިސެޕްޝަނަށެވެ. ނުވަތަ މި ކޮމިޝަނުގެ އީމެއިލް ([email protected]) މެދުވެރިކޮށެވެ. (މެއިލްއާ އެޓޭޗްކުރެވޭނީ 10mb އަށްވުރެ ކުޑަ ފައިލްއެވެ.)

 އިތުރު މަޢުލޫމާތު:

  - ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

  - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

  - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

  - ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠުހަމަވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިޔުއިން މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

  - މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

  - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 

 

ސަޕޯޓް އޮފިސަރ – އެސް.އެސް 4 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

 ތަޢުލީމާއި ތަމްރީނު

15

 މަސައްކަތު ތަޖުރިބާ

35

 އިންޓަވިޔު

50

 ޖުމުލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

ސަޕޯޓް ސަރވިސް ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ، ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު، ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ. އިޢުލާނުގައި ބަޔާންކޮށްފައިވާ އަސާސީ ޝަރުޠު ފުރިހަމަވާނަމަ، ކަނޑައަޅައިފައިވާ މާކްސް ދެވޭނެއެވެ.

 

ނޯޓް: ނަންބަރު: IUL]38-AB/38/2021/675] (3 އޮގަސްޓު 2021) އިޢުލާނު ބާޠިލްކުރުމާއި ގުޅިގެން ވަޒީފާއަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުންވެސް މި މަޤާމަށް ކުރިމަތިލާން ބޭނުންފުޅުވާނަމަ، ވަޒީފާއަށް އެދި އަލުން ފޯމު ހުށަހަޅުއްވަންޖެހޭނެ ވާހަކަ ދެންނެވީމެވެ.

 

 

26 އޮގަސްޓް 2021