ދިވެހިރާއްޖެ
މި އިޢުލާންވަނީ 15 ސެޕްޓެންބަރު 2021 14:04 ގައި ބާތިލް ކުރެވިފައެވެ.
ހއ.ފިއްލަދޫ ގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.
ބީލަން ރަޖިސްޓްރީ ކުރުން:
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ތަފްސީލް |
ތާރީޚް |
ވަގުތު |
ބީލަން ރަޖިސްޓްރީ ކުރުން |
26 އޮގަސްޓް 2021 – 02 ސެޕްޓެންބަރު 2021 |
08:00 ން 14:00 |
މައުލޫމާތު ސާފްކުރުން (އީމެއިލްގެ ޒަރީއާއިން) |
05 ސެޕްޓެންބަރު 2021 |
11:00 |
އަންދާސީ ހިސާބު ހުށައެޅުން |
09 ސެޕްޓެންބަރު 2021 |
11:00 |
ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން " ބީލަން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް " ފުރިހަމަ ކުރުމަށްފަހު ހުށައެޅުން އެދެމެވެ. ފޯމް މިއިދާރާއިން ލިބެންހުންނާއެވެ. ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް ([email protected]) މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫން ނަންބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށައެޅުން
މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައި ދެންނެވިފައިވާ ދުވަހު ދެންނެވިފައިވާ ގަޑިއަށް ހއ.ފިއްލަދޫ ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ގަޑި ޖެހުމަށް ފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތަކާއި ، މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500023 އެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
18 މުޙައްރަމް 1443
26 އޮގަސްޓް 2021