މަސައްކަތް
ނަންބަރު: (IUL)352-S.B.1/352/2021/3
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި: 29 އޮގަސްޓް 2021 13:30
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލުން

       އދ.ދަނގެތީ ކޮމިއުނިޓީ ސެންޓަރ ގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ތަކާއި، ކޮމިއުނިޓީ ސެންޓަރ ގެ ބޮޑުހޯލްގެ މެދުބައި  ސީލިންގ ކުރުމާއި، އަދި ކޮމިއުނިޓީ ސެންޓަރގެ ބޭރު ފާރުތަކުގައި ކުލަލުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

       ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤްވެރިވެ ވަޑައި ގަންނަވާ ފަރާތްތަކުން، 23 އޮގަސްޓް 2021 ވާ ( ހޯމަ ) ދުވަހުން ފެށިގެން 29 އޮގަސްޓް 2021 ވާ ( އާދިއްތަ ) ދުވަހުގެ ނިޔަށް ބަންދޫނުން ކޮންމެ ދުވަހެއްގެ ހެނދުނު 9.00ން 13.30ށް އދ.ދަނގެތީ ކައުންސިލްގެ އިދާރާއަށް ދުރުވެ ބިޑްފޮތް ގެންދެވުން އެދެމެވެ.     

މިމަސައްކަތް  ތަކަށް ބިޑް ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލް ވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

        އދ.ދަނގެތީ ކޮމިއުނިޓީ ސެންޓަރ މަރާމާތު ކުރުމުގެ ބިޑް ފޮތެއްގެ އަގަކީ، -/500ރ ( ފަސްސަތޭކަ ރުފިޔާ ) އެވެ.

        މަޢުލޫމާތު ދިނުމުގެ ބައްދަލު ވުން އޮންނާނީ، 30 އޮގަސްޓް 2021 ވާ ( ހޯމަ ) ދުވަހުގެ 10.30 ގައި އދ.ދަނގެތީ ކޮމިއުނިޓީ ސެންޓަރ ގައެވެ.  

ބިޑް ހުށަހަޅުއްވަން ވާނީ، ތިރީގައި މިދަންނަވާ ގޮތައް އެޑްރެސްކޮށް ބިޑު ފޮތުގެ ބޭރުން ފެންނަން އޮންނާނެ ގޮތަކަށެވެ.

  • އދ.ދަނގެތީ ކައުންސިލްގެ އިދާރާ
  • އދ.ދަނގެތީ ކޮމިއުނިޓީ ސެންޓަރ މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށްއެދި
  • އިޢުލާން ނަންބަރު: (IUL)352-S.B.1/352/2021/3      

 

ބިޑް ހުޅުވުން: 

        މިމަސައްކަތް  ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2021 ވާ ( ހޯމަ )  ދުވަހުގެ 00:11 އަށް އދ.ދަނގެތީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ސުން ގަޑިއަށް ހުށަނާޅާ ބިޑް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ހުށަހަޅުއްވާ ބިޑް ހުޅުވުން އޮންނާނީ ބިޑް ހުށަހަޅުއްވާ އެންމެހާ ބޭފުޅުންގެ ޙާޟިރުގައި އެގަޑީގައެވެ.

 

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ 12.05 ގެ (ހ) އާއި ގުޅިގެން، ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، އދ.ދަނގެތީ ކައުންސިލް އިދާރާގެ ވެރިޔަކާ އޮތްކަމުގައި ވާނަމަ، އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ވަކިން ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލް ކުރެވޭނެ ކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނުވާ ބިޑްތައް ބާޠިލްކުރުމުގެ ފުރިހަމަ އިޚްތިޔާރު އދ.ދަނގެތީ ކައުންސިލްގެ އިދާރާއަށް ލިބިގެން ވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެ ލައްވާ ފަރާތްތަކުން ގުޅުއްވާނީ، 7770892 ނުވަތަ، 7979112 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރަށްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ނަމަ އީމެއިލް ކުރަށްވާނީ، [email protected] މި އެޑް ރެހަށެވެ.

                          މިހެންވެމިކަން ޢާއްމުކޮށް އެންގުމަށް ޓަކައި  އިޢުލާން ކުރީމެވެ. 

                          15 މުޙައްރަމް 1443ހ

                          23 އޮގަސްޓް 2021މ

23 އޮގަސްޓް 2021