ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2021/123
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 02 ސެޕްޓެންބަރު 2021 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް)

މަޤާމް :Senior Administrative Officer (FHTS)
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

24

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ވަޒީފާގެ ބާވަތް:

ދާއިމީ

މަޤާމުގެ މުސާރަ:

މަހަކު 7,151/26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064/83 ރުފިޔާ

ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 

  1. މަސައްކަތުގެ ދާއިރާއިން އެމް.އެންކިޔޫ.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން، ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެމް.އެންކިޔޫ.އެފް ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ހަމަޖެހިފައިވާ ތާވަލާއި އެއްގޮތަށް ފެކަލްޓީ ހުޅުވާލެއްޕުން. އަދި ބަންދު ދުވަސްތަކާއި އިތުރުގަޑީގައި ރަސްމީކަމެއް މެދުވެރިވުމުން ފެކަލްޓީ ހުޅުވުމާއި ލެއްޕުމުގެ މަސައްކަތްކުރަންޖެހުމުން އެކަންކުރުން.
  2. ސްޓޮކަށާއި ޕްރެކްޓިކަލްތަކަށް ބޭނުންވާ ތަކެތި ދަތިނުވާނޭހެން ހޯދުން. ތަކެތިބޭނުންވާ މުވައްޒަފުންނަށް ތަކެތި ދޫކުރުން. މިކަންކަމާގުޅޭ ހުރިހާ ލިޔުންތައް ފުރިހަމަކުރުން.
  3. ކިޔަވައިދިނުމަށްޓަކައި ދަރިވަރުންނަށް ދޭންޖެހޭ ފިލާވަޅުތަކާއި ނޯޓްސްތައް ލެކްޗަރާއިން ވިދާޅުވާގޮތަށް ތައްޔާރުކޮށްދިނުމާއި ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތައް ނޯޓިސްބޯޑަށް އެރުވުމާއި އެނޯޓިސްއެއްގެ ބޭނުންކެނޑުމުން އެނޯޓިސްއެއްނެގުން.
  4. ކޯސްތަކުގައި ކިޔަވަމުންގެންދާ ދަރިވަރުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ކުލާސްތަކުގެ ޙާޟިރީ ބެލެހެއްޓުން.
  5. ދަރިވަރުންގެ އެސައިމަންޓްސްގެ ނޯޓްސް ލެކްޗަރާއިން ދެއްވުމުން ދަރިވަރުންނާއި ޙަވާލުކުރުމާއި އެސައިމަންޓްސްތައް ގެނައުމުން ބަލައިގަތުމަށްފަހު ލެކްޗަރާއިންނަށް ޙަވާލުކުރުން.
  6. ފެކަލްޓީއަށް ލިބޭ ލިއުންތަކާއި ހަވާލުވެ އެންޓްރީކޮށް ވެރިޔާ ލައްވާ ސޮއިކުރެވި އެ ލިއުމެއް ހަވާލުކުރަންޖެހޭ މުވައްޒަފަކާއި ހަވާލުކުރުން.
  7. ކޮންމެ ދުވަހަކު އެ ދުވަހެއްގައި ކުރި މަސައްކަތް ބަޔާންކޮށް ޔައުމިއްޔާ ލިޔެ ވެރިއެއްގެ ސޮއިކުރުމަށްފަހު ފައިލް ކުރުން.
  8. ފެކަލްޓީގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، ލިޔުންތައް ލިޔުމާއި އެކިފަރާތްތަކުން ލިބޭ ލިޔުންތަކަށް ޖަވާބު ފޮނުވަންޖެހޭ ފަރާތްތަކަށް އެފަދަތަކެތި ފޮނުވުމުގެ ކަންތައްކުރުމާއި ފައިލްކުރަންޖެހޭ ހުރިހާ ލިޔުންތައް ފައިލްކުރުން.
  9. ފެކަލްޓީގެ އިދާރީ ހަރަކާތްތަކުގެ އިތުރުން އެކަޑެމިކް މުވައްޒަފުން ރާވާ ހިންގާ އިވެންޓްތަކާއި، މާކެޓިންގ އިވެންޓްސް އަދި ފަންޑް ރެއިސިންގ އިވެންޓްތަކުގައި އެކުވެރި މާޙައުލެއްގައި މަސައްކަތްކޮށް މިފަދަ ޙަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
  10. އަދި މީގެ އިތުރުން އިދާރީ މުވައްޒަފަކު ސަލާމް ބުނުމުން ނުވަތަ ޗުއްޓީ ނެގުމުން ވެރިން އަންގަވާގޮތުގެމަތިން އޭނާގެ މަސައްކަތް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2021 ސެޕްޓެމްބަރ 02 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިކޮށް.

https://tinyurl.com/MNU-Jobs-FHTS-123

 

 

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

https://tinyurl.com/Job-Application-Form--Dhivehi

https://tinyurl.com/Job-Application-Form--English

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްޢޫލިއްޔަތާއި، ވަޒީފާ އަދާކުރަން ފެއްޓެވި ތާރީޚް އަދި އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
26 އޮގަސްޓް 2021