ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202/M/I/2021/82
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 07 ސެޕްޓެންބަރު 2021 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށް ގެންދާ ހާއްސަ އަސްކަރީ ތަމްރީނާއި ގުޅޭ

ނަންބަރ :  82   (IUL)202-M/1/2021/

 

އިޢުލާން

            މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)އިން ކުރިއަށް ގެންދާ ނައިޓް ފަޔަރިންގ  ތަމްރީނުތަކެއް 2021 ސެޕްޓެމްބަރ 01 އަދި 02 އަށް، މި ދެދުވަހުގެ 18:30 އިން 21:00 އަށް ކ.ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް އަންގާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

  1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :            އޭކޭ ސީރީޒް ރައިފަލް
  2. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:       4100 މީޓަރ
  3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:        100 މީޓަރ
  4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން       ސީ.ލެވެލް
  5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:        ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނު

 

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

 

            17 މުހައްރަމް  1443

            25 އޮގަސްޓް  2021

 

 

ސަރުކާރުގެ ގެޒެޓް

26 އޮގަސްޓް 2021