ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-M/1/2021/83
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި:
07 ސެޕްޓެންބަރު 2021 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށް ގެންދާ ހާއްސަ އަސްކަރީ ތަމްރީނާއި ގުޅޭ
ނަންބަރ : 83 (IUL)202-M/1/2021/
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)އިން ކުރިއަށް ގެންދާ ހާއްސަ ތަމްރީނުތަކެއް 2021 ސެޕްޓެމްބަރ 05 އިން 07އަށް، މިއިން ކޮންމެ ދުވަހެއްގެ 07:00 އިން 15:00 އަށް ސ.ގަމުގެ ދެކުނުން 05 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް އަންގާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
- ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް: މެޝިން ގަން ފަޔަރިންގ
- ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 9000 މީޓަރ
- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 100 މީޓަރ
- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން ސީ.ލެވެލް
- ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ސ.ގަމުގެ ދެކުނުން 05 ނޯޓިކަލް މޭލު ބޭރުގައި
ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.
17 މުހައްރަމް 1443
25 އޮގަސްޓް 2021
ސަރުކާރުގެ ގެޒެޓް
26 އޮގަސްޓް 2021