ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2021/34
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 13 ސެޕްޓެންބަރު 2021 13:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުޢާން މުދައްރިސުން ޑިޕްލޮމާ ފެންވަރަށް ތަމްރީންކުރުމުގެ ޕްރޮގްރާމް އާއި ގުޅޭ

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ގުޅިގެން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރްއާން މުދައްރިސުން ޑިޕްލޮމާ ފެންވަރަށް ތަމްރީން ކުރުމުގެ ޕްރޮގަރާމްގައި ބައިވެރިވެލައްވަން ބޭނުންވާ 5 ފަރާތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ބައިވެރިން ނެގުމުގައި ތިރީގައިވާ ގޮތަށް އިސްކަންދެވޭނެއެވެ.

  1. ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް ޙާސިލްކޮށްފައިވުން.
  2. ޤިރާއަތު ސެޓްފިކެޓް 3 ޙާސިލްކޮށްފައިވުން.
  3. ޖީ.ސީ.އީ އޯލެވެލް ފުރިހަމަ ކޮށްފައިވުން.

ވީމާ، ޤުރްއާން މުދައްރިސުން ޑިޕްލޮމާ ފެންވަރަށް ތަމްރީން ކުރުމުގެ ޕްރޮގަރާމްގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތަކުން 30 އޮގަސްޓް 2021ވާ އާދިއްތަދުވަހުގެ 13:00ގެ ކުރިން ބައިވެރިވާން ބޭނުންވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ އާއި ޙާސިލްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ އަދި ވަނަވަރު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

25 އޮގަސްޓް 2021