ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ "ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރު" ހެދުމަށް ސޮފްޓްވެއަރ ޑިވެލޮޕަރ ކޮންސަލްޓަންޓަކު ހޯދުމާ ގުޅޭ
ތަޢާރަފު
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ ގާނޫނު ނަންބަރު 3/2012 (ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން 2012 ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާއެކެވެ. މިއޮތޯރިޓީގެ މައިގަނޑު އަމާޒަކީ ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ކަނޑައެޅުމެވެ. އަދި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހިދުމަތްތައް ފޯރުކޮށްދޭ ފަރާއްތަކުން، ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިދުމަތް ދެމުންގެންދާތޯ ކަށަވަރު ކުރުމާއި، ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިސްލާހުވުމަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.
މި އޮތޯރިޓީގެ ތަސައްވަރަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަކީ، އެއްވެސް ތަފާރުކުރުމެއްނެތި، ހަމަހަމަކަމާއެކު ގެވެށި އަނިޔާގެ އަމަލުތަކުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ ބަޔަކަށްވުމެވެ.
ގާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ގާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) ގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ސާބިތުވާ ކޮންމެ މީހެއްގެ ތަފްޞީލު ހިމެނޭ ދަފްތަރެއް "ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރު" ގެ ނަމުގައި ލިޔެ ބެލެހެއްޓުމަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސްޢޫލިއްޔަތެއްކަމަށް ބަޔާންކޮށްފައިވެއެވެ. ވީމާ، މި ދަފްތަރު ހެދުމަށްޓަކައި ސޮފްޓްވެއަރ ޑިވެލޮޕަރ ކޮންސަލްޓަންޓަކު ހޯދުމަށް އިއުލާންކުރަމެވެ.
ކޮންސަލްޓަންސީގެ މަޤްޞަދު
މި މަސައްކަތަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން ޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު)ގެ ދަށުން "ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރު" އެކުލަވާލަން ޖެހޭތީވެ، މި ދަފްތަރު މެނޭޖް ކުރުމަށްޓަކައި ޑޭޓާބޭސް އެއް ތައްޔާރުކުރުމަށް ހުޅުވާލެވޭ ފުރުސަތެކެވެ. މި ސޮފްޓެވެއަރ ގެ މަގްސަދަކީ "ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރު" ގައި ހިމެނޭ މީހުންގެ މައުލޫމާތުތައް ރައްކާކޮށް ބަލަހައްޓައި، އެމައުލޫމާތައް ބަދަލެއް ގެންނަންޖެހޭ ހާލަތެއްގައި ބަދަލުކޮށް، އެމައުލޫމާތު މެނޭޖްކުރުމެވެ.
އިއުލާނުގެ ތައާވަލު
މިމަސައްކަތް ކުރިއަށް ގެންދިއުމުގައި އަމަލުކުރާނީ ތިރީގައިވާ ތާރީހުތަކަށެވެ. ނަމަވެސް، ދިމާވާ އެކި ހާލަތްތަކާއި ގުޅިގެން މިތާރީހުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.
ހަރަކާތް |
ތާރީހް |
ގަޑި |
ތަން |
މައުލޫމާތު ސެޝަން |
02 ސެޕްޓެމްބަރ 2021 |
11:00 |
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ،ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ |
ޕްރޮޕޯސަލް ހުށަހެޅުން |
09 ސެޕްޓެމްބަރ 2021 |
11:00 |
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ،ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ |
ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތު
- ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރު އެކުލަވާލުމަށް ބޭނުންވާ ނީޑްސް އެސެސްމަންޓް ހެދުން.
- ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރު އެކުލަވާލައި މެނޭޖް ކުރުމަށް ބޭނުންވާ ޑޭޓާބޭސް ފަރުމާކޮށް ޑިވެލްޕޮ ކުރުން.
- މި ޑޭޓާ ބޭސްއަކީ އޮތޯރިޓީއިން ހުއްދަދޭ އެހެނިން މުއައްސަސާތަކަށް ޕޯޓަލްއެއް މެދުވެރިކޮށް މައުލޫމާތު އެޑް ކުރެވޭ ޑާޓާބޭސް އަކަށް ވާންވާނެއެވެ.
- މި ޑޭޓާބޭސް ބޭނުންކުރާނެ ގޮތުގެ ޔޫޒާ މެނުއަލްއެއް ތައްޔާރުކުރުން.
- މި ޑޭޓާބޭސް ބޭނުންކުރާނެ ގޮތުގެ ތަމްރީނު އޮތޯރިޓީގެ މުވައްޒަފުންނަށް ހިންގުން.
- މިމަސައްކަތުގެ ތެރޭގައި އެއްކުރާ އެންމެހައި ލިޔެކިޔުންތަކާއި، އުފައްދާ އެންމެހައި ތަކެއްޗަކީ އޮތޯރިޓީގެ ތަކެއްޗެވެ. މިގޮތުން އިންޓަވިއު ތަކުގެ ނޯޓު ތަކާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާތައް، އަދި ސޯސް ކޯޑުތައް އޮތޯރިޓީއާއި ހިއްސާކުރަންވާނެއެވެ. އަދި މިމަސައްކަތް ކުރުމަށް ހޯދާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓައި، އިތުރު ކަމަކަށް އެފަދަ މައުލޫމާތު ބޭނުންކޮށްގެން ނުވާނެއެވެ.
ކޮންސަލްޓަންޓަކު ހޮވުމުގައި ބަލާނެ ކަންކަން
ތަޖުރިބާ: މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން. މިބައިގައި، ޑޭޓާބޭސް ޑިޒައިންކޮށް ޑިވަލްޕް ކުރުމާއި، ގުޅޭ ކަންކަމުގައި މީހުން ތަމްރީނު ކުރުން ފަދަ ތަޖުރިބާތަކަށް ބެލޭނެއެވެ. މި ގޮތުން ކުރިން ކޮށްފައިވާ މަސައްކަތާއި، އެ މަސައްކަތަކީ ކުރިމަތިލާ ފަރާތުން ކޮށްފައިވާ މަސައްކަތެއްކަން ކަށަވަރުކުރުމަށް ބޭނުންވާ ލިޔުން ހުށަހަޅަންވާނެއެވެ. ހުށަހަޅާ ލިޔުންތަކުގެ ތެެރެއިން މާކްސް ދިނުމުގައި ބަލާނީ ވޭތުވެދިޔަ 5 އަހަރު ތެރޭގައި މި ފަދަ މަސައްކަތްކޮށްގެން ލިބިފައިވާ ލިޔުންތަކަށެވެ. މި މަސައްކަތް ކުރުމަށް އަމިއްލަ ފަރުދަކު ހުށަހަޅާނަމަ އެ ފަރާތުގެ މަސައްކަތު ތަޖުރިބާ އެގޭނެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި ޓީމަކުން ނުވަތަ ކުންފުންޏަކުން ހުށަހަޅާނަމަ މި މަސައްކަތް އަމަލީ ގޮތުން ކުރުމަށް ހުށަހަޅާ ޓީމް މެންބަރުންގެ މަސައްކަތު ތަޖުރިބާގެ ލިޔުން ހުށަހަޅަންވާނެއެވެ. މި ބަޔަށް މާކްސް ދިނުމުގައި މި ލިޔުންތަކަށް ބެލެވޭނެއެވެ. |
25% |
ތައުލީމު: މިފަދަ މަސައްތަކެއް ކުރުމުގެ ތައުލީމީ ގާބިލުކަން ހާމަކޮށްދޭން ވާނެއެވެ. މިގޮތުން ސޮފްޓްވެއަރ އިންޖިނިއަރިން، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގުރީ (ލެވެލް 7) ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. މި ގޮތުން ކުރިމަތިލާ ފާރާތުގެ ތައުލީމީ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ. ޓީމަކުން ހުށަހަޅާނަމަ، ވަކިވަކި މެންބަރުންގެ ތައުލީމު އެނގޭނެހެން ހުށަހަޅަންވާނެއެވެ. |
20% |
ޕްރޮޕޯސަލް. ޕްރޮޕޯސަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ، އަދި ވާކް ޕްލޭން ހިމަނަން ވާނެއެވެ. މި ގޮތުން މި ބަޔަށް މާކްސް ދިނުމުގައި ބަލާނީ ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީއިން ބޭނުންވާ ފެންވަރަށް، އޮތޯރިޓީއިން ހުށަހަޅާފައިވާ މުއްދަތުގައި ނިންމުމަށް ޕްރޮޕޯޒަލްގައި ހުށަހަޅާ މެތަޖޮލޮޖީގެ މައްޗަށެވެ. |
30% |
އަގު: މި ބަޔަށް މާކްސް ދެވޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގުން ހުށަހެޅި އަގު ގެއްލައިގެންނެވެ. |
25% |
މަސައްކަތުގެ މުއްދަތު
މިމަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ތާރީހަކީ 26 ސެޕްޓެމްބަރ 2021 އެވެ. މިމަސައްކަތް ނިންމުމަށް 60 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
ހުށަހަޅަން ޖެހޭ ތަކެތި
ހުށަހަޅާ ޕްރޮޕޯސަލްތައް އޮތޯރިޓީއިން ބަލައިގަންނާނީ ތިރީގައިވާ ލިޔެކިޔުންތަކާއި މައުލޫމާތު ފުރިހަމަ ކަމުގައިވަނީނަމައެވެ. ވަކިވަކި ފަރުދުން، ނުވަތަ ޓީމަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ މައުލޫމާތު
- އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވިޔަފާރި/ކުންފުންޏެއް ނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓް، ޖީއެސްޓީ ނުވަތަ ބީ.ޕީ.ޓީ ސެޓްފިކެޓްގެކޮޕީ
- ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތެއްނަމަ ޓެކްސް ކްލިއަރެންސް ފޯމް.
- ވިޔަފާރި/ކުންފުންޏެއްނަމަ ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާކަމުގެ ސެޓްފިކެޓްގެ (އެސް.އެމް.އީ ރަޖިސްޓްރީ) ކޮޕީ
- މިފަދަ މަސައްކަތް ކޮށްފައިވާކަން ބަޔާންކޮށް ހެއްކާއެކީ ހުށަހަޅަންވާނެއެވެ. މިބައިގައި، ސޮފްޓްވެއަރ ތައްޔާރުކުރުން އަދި ޑޭޓާބޭސް އެކުލަވާލުމުގެ މަސައްކަތް ފަދަ ތަޖުރިބާތަކަށް ބެލޭނެއެވެ.
- މިފަދަ މަސައްކަތެއް ކުރުމަށް ބޭނުންވާ ތައުލީމީ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މިގޮތުން ސޮފްޓްވެއަރ އިންޖިނިއަރިން، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- ހުށަހަޅާ ތައުލީމީ ސެޓްފިކެޓް ތަކަކީ، އެޓެސްޓް ކޮށްފައިވާ ސެޓްފިކެޓް ކަމުގައި ވާންވާނެއެވެ.
- ޓީމަކުން ޕްރޮޕޯސަލް ހުށަހަޅާނަމަ، ޓީމްގައި ހިމެނޭ ވަކިވަކި މެންބަރުންގެ މައުލޫމާތު ހިމަނަން ވާނެއެވެ. އަދި ޓީމް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޮންފަރާތެއްކަން ބަޔާންކުރަން ވާނެއެވެ.
ޓެކްނިކަލް ޕްރޮޕޯސަލް
- މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.
- މިމަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ވާކް ޕްލޭނެއް، މަސައްކަތް ފަށައިގެން ގޮސް ނިމެންދެން ކުރިއަށް ދާނެގޮތުގެ ޓައިމްލައިނަކާއެކީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.
އަންދާސީ ހިސާބު
- ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މިކަމަށް ބޭނުންވާނެ އަންދާސީ ހިސާބު ތިރީގައިވާ ގޮތަށް ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.
ނަންބަރު |
ހަރަކާތް |
ތަފުސީލު |
އަދަދު |
ޔުނިޓު އަގު |
ޖުމުލަ އަގު |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
ފައިސާ ދޫކުރުން
މިމަސައްކަތް ކުރުމަށްޓަކައި އޮތޯރިޓީއިން ހަވާލު ކުރާ ފަރާތަށް ފައިސާ ދޫކުރާނީ ޑެލިވަރެބްލްސް ތަކަށް، ހުށަހަޅާ ޖުމުލަ އަދަދުގެ ޕަސެންޓު ތަކެއް އެއްބަސްވެ، އެގޮތުގެ މަތިންނެވެ.
ޕްރޮޕޯސަލް ހުށަހެޅުން
މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ. ގަޑިއަށް ހާޒިރު ވެވަޑައި ނުގަންނަވާ ބޭފުޅުންގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭއެވެ. ޕްރޮޕޯސަލްތައް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ކަނޑައި، ހުށަހަޅާފައިވާ އަގުތައް ހިއްސާކުރެވޭނެއެވެ.
ޑްރެސް: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، ހ. މައިޒާންދޮށުގެ 2 ވަނަ ފަންގިފިލާ
ސުންގަޑި: 09 ސެޕްޓެމްބަރ 2021، 11:00
އިތުރު މައުލޫމާތު:
ފޯން: 3010551 އީމެއިލް: [email protected]