ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-F/10/2021/108
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި: 05 ސެޕްޓެންބަރު 2021 10:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ޕޮލިސް ބޯޑް ސެކްރެޓޭރިއެޓަ 2 ކޮންސަލްޓެން ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                           

                                 ނަންބަރު: IUL10-F/10/2021/108

2 ކޮންސަލްޓަންޓުން ހޯދުން

މި މިނިސްޓްރީގެ ޕޮލިސް ބޯޑް ސެކްރެޓޭރިއެޓަށް ތިރީގައި މިދަންނަވާ ދެ މަޤާމަށް ދެ ކޮންސަލްޓަންޓުން ހޯދަން ބޭނުންވެއެވެ.

  • ރިސާޗް އެނެލިސްޓް
  • ލީގަލް ކޮންސަލްޓަންޓް

ޓަރމްސް އޮފް ރެފަރެންސް

މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާ އެއް ކަރުދާސް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.

މަޤާމަށް އެދި ހުށަހެޅުން

މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 ސެޕްޓެންބަރު 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު     10:00ގެ ކުރިން މިއިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބުނެފައިވާ ލިޔެކިޔުންތަކާއެކު އެދިވަޑައިގަންނަވާ މަގާމް ބަޔާންކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގެ 10 ވަނަ ފަންގިފިލާ) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ސިޓީތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

25 އޮގަސްޓް 2021