މަސައްކަތް
ނަންބަރު: (I)288/2021/073
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 09:03
ސުންގަޑި: 26 އޮގަސްޓް 2021 13:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަފަރީގެ ލޭންޑް ޔޫސް ޕްލޭން، ތަރައްގީގެ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭންތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

މި ރަށުގެ ލޭންޑް ޔޫސް ޕްލޭން، ތަރައްގީގެ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން މި އިއުލާނާއި އެޓޭޗްކުރެވިފައިވާ އެނެކްސް -1 ގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ހަދައިދިނުމަށް 6 މަސްދުވަހުގެ މުއްދަތަށް މި ކައުންސިލާއެކު މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކޮއްދޭނެ އަގު ބަޔާންކޮށް 26 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އަގު ހުށަހަޅާ ފޯމުގައިއެވެ. އަގު ހުށަހަޅާ ފޯމް މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިއިދާރާގެ ކައުންޓަރުން ރަސްމީގަޑީގައި ފޯމް ލިބެން ހުންނާއެވެ.  މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

16 މުޙައްރަމް 1443ހ.

24 އޮގަސްޓް 2021މ.

 

ޢަލީ ޝަމީމް މުޙައްމަދު

ކައުންސިލްގެ ރައީސް

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

                                                                                                        

 

 

 

 

 

 

 

 

 

 

 

 

 

 

24 އޮގަސްޓް 2021