ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)AEH/AEH/2021/45
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 23:01
ސުންގަޑި: 30 އޮގަސްޓް 2021 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕަރޓްމަންޓަށް ބޭނުންވާ ފޭކޯ (PHACO) އަދި ޑީ.ސީ.އާރ (DCR) ސެޓް ސަޕްލައިކުރުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕަރޓްމަންޓަށް ބޭނުންވާ ފޭކޯ (PHACO) އަދި ޑީ.ސީ.އާރ (DCR) ސެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 އޮގަސްޓް 2021 އިން ފެށިގެން 30 އޮގަސްޓް 2021 ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ.

މި ޢިއުލާނާއި އެކު ރެޖިސްޓްރޭޝަން ފޯމް ގެޒެޓް ކުރެވިފައިވާނެއެވެ. މަސައްކަތުގެ މަޢުލޫމާތު ޝީޓް އަދި ތަކެތީގެ އިތުރު ތަފްސީލް ހިމެނޭ އެނެކްސް 1 ރެޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 31 އޮގަސްޓް 2021 ވާ ދުވަހުގެ 13:30ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 14 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 13:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

24 އޮގަސްޓް 2021