ބީލަން
ނަންބަރު: (IUL)327-A/327/2021/1151
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 16:25
ސުންގަޑި: 31 އޮގަސްޓް 2021 13:30
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ނައިފަރު ކައުންސިލުން އެކިކަންކަމުގައި ގާނޫނީ ލަފާ ދޭނެ ފަރާތެއް ހޯދުން

ނައިފަރު ކައުންސިލްގެ މައްޗަށް ޝަރުޢީ ކޯޓްތަކުގައި ކުރާ ދަޢުވާތަކާއި، ނައިފަރު ކައުންސިލުން އެކި ފަރާތްތަކުގެ މައްޗަށް އުފުލާ ދަޢުވާތަކުގައި ޤާނޫނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިފަދަ ކަންކަމުގައި ކައުންސިލުން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އޯގަސްޓް 31 ވަނަ ދުވަހުގެ 13:30 އަށް ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ޤާނޫނީ ލަފާ ބޭނުންވާ ދާއިރާތަކާއި ޒިންމާތައް

  • ނައިފަރު ކައުންސިލުން އެކިއެކި ފަރާތްތަކުގެ މައްޗަށް އުފުލާ ދަޢުވާތަކާ ގުޅުންހުރި ލިޔެކިޔުންތައް ފޯރުކޮށްދިނުމުން މައްސަލަ ދިރާސާކުރުމަށްފަހު ޤާނޫނީގޮތުން ކައުންސިލަށް ދޭންޖެހޭ ލަފާ ދިނުން
  • އެކިއެކި ފަރާތްތަކުން ނައިފަރު ކައުންސިލްގެ މައްޗަށް އުފުލާ ދަޢުވާތަކާ ގުޅުންހުރި ލިޔެކިޔުންތައް ފޯރުކޮށްދިނުމުން މައްސަލަ ދިރާސާކުރުމަށްފަހު ޤާނޫނީގޮތުން ކައުންސިލަށް ދޭންޖެހޭ ލަފާ ދިނުން
  • ކައުންސިލާއި ގުޅޭ އެކިއެކި މައްސަލަތަކުގައި އެކިއެކި އިދާރާތަކާއި، ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކުން ކައުންސިލްގެ މައްޗަށް ޖަވާބްދާރީވުމަށް އަންގާ ކަންކަމަށް ބޭނުންވާ ޤާނޫނީ ލަފާ ފޯރުކޮށްދިނުން
  • ކައުންސިލުން ތައްޔާރުކުރާ ލިޔެކިޔުންތަކުގައި ޤާނޫނީ ލަފާ ބޭނުންވެއްޖެ ޙާލަތެއްގައި ޤާނޫނީ ލަފާ ފޯރުކޮށްދިނުން
  • ކައުންސިލުން ނިންމާ ނިންމުންތަކުގައި ޤާނުނީ ލަފާ ބޭނުންވެއްޖެ ޙާލަތެއްގައި ޤާނޫނީ ލަފާ ފޯރުކޮށްދިނުން
  • ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކުގައި ހިނގަމުން އަންނަ މައްސަލަތަކާއި ގުޅިގެން ކޯޓްތަކުން އަންނަ ކޯޓް ޢަމުރުތަކަށް ކޯޓަށް ޙާޟިރުވުން
  • މައްސަލަތަކުގައި ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރުން
  • ކައުންސިލަށް ރައްދުވާ ނުވަތަ ކައުންސިލުން ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން، ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ފިޒިކަލީ ހާޟިރުވެވޭނެ ފަރާތެއް މަސައްކަތާއި ޙަވާލުވާ ފަރާތުން ހަމަޖެއްސުން.
  • އެހެނިހެން ކޯޓްތަކުގައި ހިނގާ މައްސަލަތަކުގައި ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވުން
  • ހާޟިރުވާ މައްސަލަތަކުގެ އަޑުއެހުންތަކުގެ މައުލޫމާތާއި ކޯޓުން ނިންމާ ނިންމުންތަކާއި އަންގާއެންގުންތައް ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލާ ހިއްސާކުރުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6620068 އަދި 9991199 މިނަންބަރު ތަކާއި ގުޅުންވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް މިކައުންސިލްގެ އެކައުންޓް 1370 ރެވެނިއު 1 (7705700335001) އަށް 100 (އެއްސަތޭކަ) ރުފިޔާ ޖަމާކުރުމަށް ފަހު 7988627 އަށް ސްލިޕް ވައިބަރ ކުރައްވާ، ބިޑް ޑޮކިޔުމަންޓް ފޮނުވާނެ އީމެއިލް އަދި ބިޑް ގަތް ފަރާތުގެ ނަމާއި، ވިޔަފާރީގެ މަޢުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. 

24 އޮގަސްޓް 2021