ތަމްރީނު
ނަންބަރު: (IUL)475-Schol/475/2021/190
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 30 އޮގަސްޓް 2021 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Therapeutic Scholarship scheme 2021 (Bachelor of Occupational Therapy) Re- announce

ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމަށް ހުޅުވާލެވޭ ފުރުޞަތުތައް

މިއީ މި މިނިސްޓްރީން 28 ޖޫން 2021 ގައި ކޮށްފައިވާ އިޢުލާން ނަންބަރު (IUL)475-Schol/475/2021/151 އަށް އެކަށީގެންވާ ޢަދަދަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ އަލުން ކޮށްފައިވާ ޢިއުލާނެކެވެ.

ބެޗްލަރސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ

ކޯހުގެ ދާއިރާ

06

ފުރުޞަތު

އިންޑިޔާ (މަނިޕާލް)

ޤައުމު:

މަނިޕާލް އެކަޑެމީ އޮފް ހަޔަރ އެޑިޔުކޭޝަން

މަރުކަޒު

1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އިމްތިޙާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީ ހިމެނޭގޮތައް 05 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.

2. ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީ 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީ ހިމެނޭގޮތައް 02  މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.

3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ. 

ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

ނ. TOEFL 550 އިން ފެށިގެން މަތި.

ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 (ދޭއް) އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 (އެކެއް) އަހަރު

2. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން

  

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ

3. ވަޒީފާގައި އުޅޭ ކަމުގެ ލިޔުން (މުއްދަތު އެގޭގޮތައް)

4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ނޮމިނޭޓް ވުމުން ހުށަހެޅުމަށް)

5. މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ (ނޮމިނޭޓް ވުމުން ހުށަހެޅުމަށް)

6. ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން

7. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް

8. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން

9. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން

ހުށަހަޅަންޖެހޭ ތަކެތި

 

- މިސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް (ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، އެސްޓަބްލިޝްމަންޓް އެލަވަންސް، ބުކް އެލަވަންސް، ކޯސް ފީ އަދި އިންޝުއަރެންސް) ހަމަޖައްސަވާނީ، ތެރަޕިއުޓިކް ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށް މި މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި ބައެއް އަމިއްލަ ފަރާތްތަކާ ގުޅިގެން މިކަމަށް ހާއްސަކުރެވިފައިވާ ސްކީމުގެ ދަށުންނެވެ.

- ތިރީގައި މިވަނީ މި ސްކޮލަރޝިޕްގެ ދަށުން ފުރުޞަތުތަށް ކަނޑައެޅިފައިވާ ސަރަހައްދުތަކާއި ޢަދަދުތަކެވެ.   

 

އެޕްލިކޭޝަން ހުށަހަޅުއްވާނެ ސަރަޙައްދު

ބެޗެލަރ އޮފް އޮކިއުޕޭޝަނަލް ތެރަޕީ

ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް

1

ލ. ގަން ރީޖަނަލް ހޮސްޕިޓަލް

1

ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

1

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

1

ފުވައްމުލަކު ހޮސްޕިޓަލް

1

މާލެ ސަރަޙައްދު

1

 

- މި ސްކޮލަރޝިފަށް ކެންޑިޑޭޓުން ހޮވުމުގައި ތަޢުލީމީ ޝަރުތު ހަމަވާ، ކޯސް ކަނޑައެޅިފައިވާ، ހޮސްޕިޓަލްތަކުގައި ޚިދުމަތް ކުރާ ފަރާތްތަކުގެ ތެރެއިން ޚިދުމަތުގައި ދެމިތިބި މުއްދަތަށް އިސްކަންދީގެން ނޮމިނޭޓް ކުރެވޭނެއެވެ. މިފަދަ ދަރިވަރެއް ނެތްނަމަ، ހޮވާނީ  އެސަރަހައްދަކަށް  އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ދަރިވަރުންގެ ތެރެއިން އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ދަރިވަރެކެވެ.

- ކަނޑައަޅާފައިވާ ސަރަހައްދަކަށް ޝަރުތު ހަމަވާ އެއްވެސް ދަރިވަރެއް އެޕްލިކޭޝަން ހުށަހަޅުއްވާފައި ނުވާނަމަ، އެކި ދާއިރާތަކަށް ކަނޑައެޅިފައިވާ ސްލޮޓަށްވުރެ އިތުރަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ދަރިވަރުން، މެރިޓް އުޞޫލުން ބަލާ އެންމެ މަތިން މާކުސް ލިބޭ ދަރިވަރެއް އެސަރަޙައްދަކަށް ހޮވޭނެއެވެ. އެހެންކަމުން އެޕްލިކޭޝަން ހުށަހަޅުއްވާ ހުރިހާ ދަރިވަރުންވެސް  އެޕްލިކޭޝަން ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަށް އިސްކަންދެއްވާ ތަރުތީބުން އިގޭނެ ގޮތުގެ ލިޔުން ހުށަހަޅުއްވަން ވާނެއެވެ. 

- މި ސްކޮލަރޝިޕަށް ނޮމިނޭޓުވާ ދަރިވަރުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް މި މިނިސްޓްރީން އަންގާނެއެވެ.

-  މި ސްކޮލަރޝިޕްގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، އުނިވަރސިޓީންނެވެ.

-  ކޯހަށް އެދި ހުށަހަޅުއްވާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރުގެ ކޯހެއް ފުރިހަމަކުރާ ދަރިވަރަކަށްވެސް ވެގެން ނުވާނެއެވެ.

- ސްޓޫޑެންޓް ލޯނު ސްކީމަކަށް ނުވަތަ އެހެން ސްކޮލަރޝިޕަކަށް ހޮވިފައިވާ ކެނޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

- މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑިޕޯލްޓެއް ނެތި އެލޯނެއް ގަވާއިދުން އަނބުރާ ދައްކަމުންދާ ފަރާތަކަށް ފުރުޞަތު ދެވޭނީ، ޑިފޯލްޓެއްނެތި ގަވާއިދުން ލޯން ދައްކާ ފަރާތްތަކުގެ ތެރެއިން، ކުރިން ކިޔެވި ލެވަލްއަށްވުރެ މަތީ ލެވަލްއެއްގެ ކޯހެއް ކިޔެވުމަށާއި، އަދި ކޯހުގައި ކިޔަވާ މުއްދަތުގައިވެސް، ގަވާއިދުން ލޯނު ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަން ލިޔުމުން ހުށަހަޅާ ފަރާތްތަކަށެވެ.

- ބެޗްލަރސް ޑިގްރީ ކޯސްތަކަށް ހުށަހަޅާ ކެނޑިޑޭޓުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެޗް.އެސް.ސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ.

- ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

- އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

- ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.

- ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް ސެޓްފިކެޓްގެ ބަދަލުގައި ހުށަހަޅާނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ.

- މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމް ހާސިލް ކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، އަތޮޅުތެރޭ ހޮސްޕިޓަލްތަކުގެ ތެރެއިން ކަނޑައެޅޭ ހޮސްޕިޓަލެއްގައި 5 (ފަހެއް) އަހަރުދުވަހު ޚިދުމަތް ކުރުމަށް ބޮންޑްކުރެވޭނެއެވެ.

- އެއްވެސް ސަބަބަކާހުރެ، ކޯސް ފުރިހަމަނުކޮށްފިނަމަ، ކޯހަށް ކޮށްފައިވާ ޚަރަދަ މި މިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެ މަތިން މި މިނިސްޓްރީއަށް އަނބުރާ ދައްކަންވާނެވެ.

- ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 (ހައެއް) މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

- ކޯހަށް ނޮމިނޭޓްވެއްޖެކަން މިމިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައިފިނަމަ، "މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

- "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

- އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

- ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިން ކްރައިޓީރިއާއި، ނޭޝަނަލް ޓްރެއިނިންގް ނީޑްސް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުގެ ރިސޯސަސް ޓެބުން ލިބެން ހުންނާނެއެވެ.

އިތުރު      މަޢުލޫމާތު:

ސުންގަޑި: 30 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026947 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.  އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

24 އޮގަސްޓް 2021