ދިވެހިރާއްޖެ
މިރަށުގެ ލޭންޑް ޔޫސް ޕްލޭނާއި، މިކައުންސިލްގެ ކުރިއަށް އޮތް ފަސްއަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤި ޕްލޭން އަދި ފައިނޭންޝަލް ޕްލޭން ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދުމަށް މި އިދާރާއިން ކުރި އިއުލާނު ނަންބަރ: (IUL)368-AS/368/2021/29 ބާތިލު ކުރުމަށްފަހު މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް އަލުން ހޯދުމަށް މި އިދާރާއިން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
ރަޖިސްޓަރީ ކުރުން: ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 29 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް[email protected] މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
ރަޖިސްޓަރީ ކުރުމަށް އެދި ހުށައަޅާއިރު އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ކުންފުނި/ވިޔަފާރިއެއްނަމަ ރަޖިސްޓަރީގެ ކޮޕީ ހުށައަޅަންވާނެއެވެ.
މައުލޫމާތު ކަރުދާސް ދޫކުރުން: މި މަސައްކަތަށް ޝަރުތު ފުރިހަމާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީ ކުރުމަށް އޮތް މުއްދަތުގައި ރަޖިސްޓަރީ ވާ ފަރާތްތަކަށް 01 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ ކުރިން، އީމެއިލް މެދުވެރިކޮށް މައުލޫމާތު ކަރުދާސް ފޮނުވާނެއެވެ.
ޕްރޮޕޯސަލް ހުށައެޅުން: ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑި އަކީ 08 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 12:00 އެވެ. ޕްރޮޕޯސަލް ހުށާއެޅުމަށް ދީވަފައިވާ ސުންގަޑީގެ ފަހުން ހުށައަޅާ އެއްވެސް ޕްރޮޕޯސަލްއެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
ޕްރޮޕޯސަލް ހުށައަޅާނީ އީމެއިލް މެދުވެރިކޮށް މި އިދާރާގެ އީމެއިލް [email protected] އަށެވެ.
އިތުރު މައުލޫމާތު: މި މަސައްކަތާއި ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މިއިދާރާގެ އީމެއިލް[email protected] މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެއެވެ.