ދިވެހިރާއްޖެ
އިޢުލާން
މި ކޯޓުގެ ނަންބަރު (IUL)197-A3/1/2021/25 (06 ޖޫން 2021) އާ ގުޅިގެން ހުށަހަޅާފައިވާ އަންދާޒީ ހިސާބު، މިނިމަމް ރިކުއަޔަރމަންޓްއަށް ނުފެތޭތީ، އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
މި ކޯޓަށް 05 ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 06 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ 10:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވާ ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.
https://supremecourt.mv/storage/mv/media/iulaan/information-sheet-laptop2nd-iulaan.pdf
އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެ ފަހުތާރީޚަކީ 05 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 13:00 ގެކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.