ދިވެހިރާއްޖެ
މި ރަށު މަސްޖިދުއްޞިރާތު (ދެކުނު އަވަށު މިސްކިތް) ކުނިކަހައި ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތުގެ ކޮންޓްރެކްޓުގެ މުއްދަތު ހަމަވާން ކައިރި ވެފައިވާތީ، އެމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލީމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
30 އޮގަސްޓް 2021 |
ހޯމަ |
11:00 |
އަންދާސީ ހިސާބު ހުށައެޅުން |
02 ސެޕްޓެމްބަރ 2021 |
ބުރާސްފަތި |
11:00 |
މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު |
|
އަގު |
85% |
ތަޖުރިބާ |
15% |
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. ތަޖުރިބާކަމަށް ބެލެވޭނީ މަސައްކަތް ކޮށްފައިވާތާކުން އެތާގެ ލެޓަރހެޑުގައި ލިޔެ އެތާގެ ތައްގަނޑު ޖަހާ ވެރިއެއްގެ ސޮއިކޮށްފައިވާ ލިޔުން ހުށައެޅުމުންނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.
16 މުޙައްރަމް 1443
24 އޮގަސްޓް 2021