ދިވެހިރާއްޖެ
މިބިއުރޯގެ ފަރާތުން 2019/2020ގައި ކުރެވުނު "ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ"، ހަޔަސްގެ އެކްސްޓެންޝަންއެއްގެ ގޮތުގައި މިއަހަރު ކުރުމަށް ހަމަޖެހިފައިވާ "އިންފޯމަލް ސެކްޓަރ" ސަރވޭގެ ޕްރީޓެސްޓެއް މިއަހަރުގެ 24 އޯގަސްޓްގ ވަނަ ދުވަހުގެ ހެދުނު 8:00 އިން 16:00އާއި ދެމެދު ކުރިޔަށް ގެންދެވޭނެ ވާހަކަ އާންމުކޮށް އިއުލާން ކުރަމެވެ. މިސަރވޭ ކުރެވޭނީ ފޯނު މެދުވެރިކޮށެވެ.
މިއާއެކު މާލެއާއި އަތޮޅުތެރެއިން ހޮވާލެވޭ 500 ގޭބިސީއަކަށް މިސަރވޭކުރުމަށް 2 ސެޕްޓެމްބަރއިން ފެށިގެން ކޮންމެ ދުވަހަކުވެސް ހެނދުނު 8:30 އިން 19:00 އާއި ދެމެދު މައުލޫމާތު ނެގުމަށްޓަކައި ގުޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. މިސަރވޭ ގައި ގުޅަމުންދާނީ މިބިއުރޯގެ ނަންބަރު 1423 އިންނެވެ. މިސަރވޭ ކުރުމަށް ހަމަޖެހިފައިވަނީ މިބިއުރޯގެ ފަރާތުން ކުރެވުނު 'ހަޔަސް 2019/2020' ގައި ހޮވިފައިވާ ގޭބިސީތަކުގެ ތެރެއިން ރެންޑަމްކޮށް ހޮވާލެވޭ ގޭބިސީތަކެއްގައެވެ.
މިސަރވޭއަކީ ގަވާއިދު ނަންބަރ: 2013/R-4 "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012"ގެ ދަށުން ހުއްދަލިބިގެން ކުރެވޭ ސަރވޭއެވެ. މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. މިގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.
މިސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑުމަސައްކަތަކަށް ވުމާއި އެކު، އާއްމުންގެ ފުރިހަމަ އެއްބާރުލެއްވުން މިބިއުރޯއަށް ވަރަށް ބޮޑަށް ބޭނުންވާނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ. އަދި މިހާތަނަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.
މިމަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ސްޓެޓިސްޓިކަލް ސަރވޭސް އެންޑް ރިސަރޗް ސެކްޝަންގެ ނަންބަރ 3008455/3013855 އަށް ގުޅުއްވުން އެދެމެވެ.