ބީލަން
ނަންބަރު: (IUL)GS34/2021/12
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 09:55
ސުންގަޑި: 30 އޮގަސްޓް 2021 11:00
ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
އޮފީސް ޢިމާރާތުގެ އަސްކެނި ސީލިން މާރާމާތުކުރުން

އިޢުލާން

     ނަމްބަރ: GS34/2021/12(IUL)  

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

     މި މަދަރުސާގެ މިދަންނަވާ މަރާމާތު އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަސައްކަތް

މަދަރުސާގެ އޮފީސް ޢިމާރާތުގެ އަސްކެނި ސީލިންގ ކުރުން.

          ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަތީގައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ބީލަމަށް ނަންނޯޓްކުރުމާއި، ބީލަންފޮތް ޙަވާލުކުރުން

2021 އޮގްސްޓް 25 އިން 2021 އޮގަސްޓް 30 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00އަށް.

މަސައްކަތުގެ މަޢުލޫމާތާއި ސައިޓް ޗެކްކުރުން.

2021 އޮގަސްޓް 30 ވާ ހޯމަ ދުވަހާ ހަމަޔަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށް.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

2021 ސެޕްޓެމްބަރ 01 ވާ ބުދަ ދުވަހުގެ 11:00 ގައި ށ.އަތޮޅު މަދަރުސާގައި.

 

 މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ، (19/2014) ، (10/96) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " އޮފީސް ޢިމާރާތުގެ އަސްކެނި ސީލިންގ ކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ށ.އަތޮޅު މަދަރުސާ

   ށ.ކަނޑިތީމު

   ފޯން: .6540059

   އީ-މެއިލް: [email protected]

          އަދި ދަންނަވެމެވެ. މި ޕްރޮޖެކްޓްގެ  ބީލަމަށް ނަންނޯޓ ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

24 އޮގަސްޓް 2021