ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2021/57
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 16:13
ސުންގަޑި: 01 ސެޕްޓެންބަރު 2021 00:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ސީނިއަރ ލީގަލް އޮފިސަރ

                   އިޢުލާން

މިސަރވިސްގެ ދެންނެވިފައިވާ މަޤާމަށް މުވައްޒަފުން ނެގުމަށް ކުރި ނަންބަރ 167HR/1/2021/55 އިޢުލާނުގެ މުއްދަތު އިތުރުކުރަމެވެ.

މަޤާމް:

ސީނިއަރ ލީގަލް އޮފިސަރ

ރޭންކް:

އެލް.އެސް 03

ކްލެސިފިކޭޝަން:

ޕްރޮފެޝަނަލް ސިވިލް ސްޓާފް

އަސާސީ މުސާރަ:

މަހަކު -/13,710 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  -/3,500 ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު  6,169/50 ރުފޔާ

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަން:            

މޯލްޑިވެސް ކަރެކްޝަނަލް ސަރވިސް / ހެޑް އޮފީސް ، މާލެ

މަޤާމުގެ ގިންތި:

ދާއިމީ

ފެންވަރު ނުވަތަ ޝަރުތު:         

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީއަތާއި ޤާނޫނުގެ ދާއިރާއިން:

 1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 09 ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު،  މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 01 އަހަރު ދުވަހުގެ މަސައްކަތްކޮށްފައިވުން ނުވަތަ

ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 08 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

 1. ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 • އެކިއެކި ކަންކަމުގައި ޤާނޫނީ ލަފާދިނުމާއި ތަޙްޤީގުތައް ކުރުން.
 • މި ސަރވިސްއިން ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި، ގަވާއިދުތައް ހެދުމުގައި ޤާނޫނީ ލަފާދިނުން.
 • މި ސަރވިސްގެ ގަވާއިދުތަކާއި ޤާނޫނާއި އުސޫލުތަކަށް ބޭނުންވާ އިސްލާޙްތައް ގެނައުމާއި އިސްލާޙުތައް ފާސް ކުރުމަށްޓަކައި ދޭންޖެހޭ ޤާނޫނީ ލަފާދިނުން.
 • މުވައްޒަފުން ޙާޟިރުކުރާއިރު ޤާނޫނީގޮތުން ދޭންޖެހޭ ލަފާދިނުމާއި އަދި އެމުވައްޒަފުގެ ބަދަލުގައި މުއައްސަސާތަކަށާއި ކޯޓުތަކަށް ހާޒިރުވުމާއި ވަކާލާތު ކުރުން.
 • އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތަކުގައި ހާޒިރުވާންޖެހޭ ސަރުކާރުގެ މުއައްސަސާތަކަށާއި ކޯޓުތަކަށް ހާޒިރުވެ މިސަރވިސް ތަމްސީލުކުރުން. 
 • ލީގަލް ސަރވިސް ހިންގުމުގެ މަސައްކަތް ކުރުން.

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

 • ތަޢުލީމީ ފެންވަރު.
 • މަސައްކަތާއި ގުޅިގެން ލިބިފައިވާ ތަޖުރިބާ.
 • އިންޓަވިއު މާކްސް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
 • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
 • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
 • ދިވެހި ސިވިލް ސަރވިސްއަށް / ދައުލަތަށް  ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
 • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
 • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
 • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ކޮޕީ.
 • ޕޮލިސް ރިޕޯޓް

 

ސުންގަޑި:

 

 • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާ އެކު 2021 ސެޕްޓެމްބަރު 01 ވާ ބުދަ ދުވަހުގެ ނިޔަލަށް [email protected]  އަށް އީމެޢިލް ކޮށްދެއްވުން އެދެމެވެ. އަދި މެއިލް[email protected]  އަށް ކޮޕީ ކޮށްދެއްވުން އެދެމެވެ.
 • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
 • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
 • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

 • މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

  

50% ( ފަންސާސް އިންސައްތަ)

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.

އީ މެއިލް: [email protected]

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)

     

 

23 އޮގަސްޓް 2021