ދިވެހިރާއްޖެ
އިޢުލާން
ކުޑަހުވަދޫން ގޯތި ދޫކުރުމަށް އެކުލަވާލާ ކޮމިޓީ ނެގުން،
ކުޑަހުވަދޫން ގޯތި ދޫކުރުމަށްޓަކައި، ކުޑަހުވަދޫ ކައުންސިލްގެ ނަންބަރު: 381(N)2020/03-39 (14 ޑިސެމްބަރ 2020) ގެ ނިންމުމުން އެކުލަވާލާފައިވާ ގޯތިކޮމެޓީ އުވާލުމަށްފަހު އައު ކޮމެޓީއެއް އެކުލަވާލުމަށް މި ކައުންސިލްގެ ނަންބަރު:381(N)2021/04-15 (20 ޖޫން 2021) ގެ ނިންމުމުން ވަނީ ފާސްކޮށްފައެވެ.
ވީމާ މިރަށުން ގޯތިދޫކުމަށްޓަކައި ކައުންސިލުން އެކުލަވާލާ ގޯތިކޮމެޓީގައި އާއްމުންގެ ތެރެއިން 2 މެމްބަރުން (އަންހެން/ފިރިހެން) ހިމެނުމަށް ބޭނުންވާތީ، ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
މެމްބަރުންގެ މައިގަނޑު މަސައްކަތް:
01- ގޯތިދޫކުރުމަށް ބޭނުންކުރާ އެންމެހާ ލިޔެކިޔުންތައް ޗެކްކޮށް ފައިނަލްކުރުން
02- ގޯތިދޫކުރުމުގެ ގައިޑްލައިން އާއްމުންގެ ޚިޔާލަށް ހުޅުވާލުން
03- ގައިޑްލައިނަށް އާއްމުންގެ ހުށަހަޅާ ޝަކުވާތަކާ ޚިޔާލުތައް އިވެލުއޭޓްކުރުން
04- ގޯއްޗަށްއެދި ހުށަހަޅާ ފޯމްތައް އިވެލުއޭޓްކުރުން
05- ފޯމުތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ޑްރާފްޓް ލިސްޓް އާއްމުކުރުން
06- ޕޮއިންޓް ލިބިފައިވާ ގޮތަށް އާއްމުން ހުށަހަޅާ ޝަކުވާ އިވެލުއޭޓްކުރުން
07- ޕޮއިންޓް ލިބިފައިވާ ގޮތުގެ ފައިނަލް ލިސްޓް އާއްމުކުރުން
08- ގުރުއަތުލާންޖެހޭ ގޯތިތަކުގެ ގުރުއަތުލުން ކުރިއަށް ގެންދިޔުން
09- ގޯތިލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް އާއްމުކުރުން
10- ގޯތި ނަންބަރު ގުރުއަތުލުން ކުރިޔަށް ގެންދިޔުމާ، ގޯތިލިބޭ ފަރާތްތަކަށް ގޯތި ލިބުނުކަމުގެ ލިޔުން ޙަވާލުކުރުން
ވީމާ ގޯތިކޮމިޓީގައި އާއްމުމެމްބަރެއްގެ ގޮތުގައި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ، ޢުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކުން 2021 އޯގަސްޓް 30 ވަނަ ދުވަހުގެ 14:00ގެ ކުރިން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއަކުން މިކައުންސިލަށް ހުށައެޅުއްވުންއެދެމެވެ. ބޭނުންވާ ޢަދަދަށްވުރެ، ގިނަ ފަރާތްތަކުން ކުރިމަތިލައްވައިފިނަމަ، 2 މެންބަރުން ނަގާނީ މިއިދާރާއިން އިންޓަވިއުކުރުމަށްފަހުގައެވެ.