ދިވެހިރާއްޖެ
- ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައި ޕޯސްޓަލް ބޭންކިންގ އަދި ފައިނޭންޝިއަލް ސަރވިސް ޤާއިމުކުރުމަށް ކޮންސަލްޓްންޓެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް "ޓީ. އޯ. އާރް" މިއިއުލާނާއެކު އެޓޭޗް ކުރެވިފައިއެވަނީއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ޓީ. އޯ. އާރް ގައި ބަޔާންކުރެވިފައިވާނެއެވެ.
ބިޑްގެ އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާ އިންނެވެ.
(ތަފްސީލީ ޓީ.އޯ.ރް އެޓޭޗް ކުރެވިފައި)
1.1 ހުށަހަޅޭ ބިޑް/ޕްރޮޕޯރސަލްގައި ހިމެނެންޖެހޭ މުހިއްމު މަޢުލޫމާތު
- މަސައްކަތުގެ ތަފްސީލް
- މަސައްކަތުގެ އަގު
- މަސައްކަތުގައި ޝާމިލުވާ ޓީމްގެ ތަފްސީލް
- ޑެލިވަރަބަލްސް
- ވޯރކްޝެޑިއުލް
- ޓައިމްލައިން
- ބިޑްގެ ވެލިޑިޓީ
1.2 މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިއެކިއުންތައް:
- ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ޕްރޮޕޯސަލް
- ވޯރކްޕްލޭން (ޝެޑިއުލް/ޓައިމްލައިން، ޑެލިވަރަބަލްސް އަދި އައުޓްޕުޓް ،ގުޅުންހުރި ތަފްސީލްތައް)
- މި މަސައްކަތައް ޝައުގުވެރިވާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖުރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުރުން.
- މިފަދަ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިއުންތައް
- ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ޕާސްޕޯޓް ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި - ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންވާނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.
- ކުރިމަތިލާ ފަރާތަކީ ވިޔަފާރި ކުންފުންޏެއް ނަމަ،
-ކޮމްޕެނީ ޕްރޮފައިލް
- ކޮމްޕެނީ ރެޖިސްޓްރޭޝަން ކޮޕީ
- ޓެކްސް ކްލިއަރެންސް ރިޕޯރޓް
- ވަކި ފަރުދެއް ނަމަވެސް ޓެކްސް ދައްކަންޖެހޭ ފަރާތެއްކަމުގައިވާނަމަ ޓެކްސް ކްލިއަރެންސް ރިޕޯރޓް ހުށަހަޅަންވާނެއެވެ.
2. ބިޑް ޕްރޮޕޯރސަލް ހުށަހެޅުން: ތާރީޚް 30 އޮގަސްޓް2021 (ހޯމަ) ސުން ގަޑި:14:00
އެޑްރެސް/ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 8ވަނަ ފަންގިފިލާ
3. މާރކްސް ދެވޭ ކްރައިޓީރިއާތަކާއި ދެވޭ މާރކްސް:
3.1 މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިންސައްތަ %40)
3.2 ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިންސައްތަ %30)
3.3 ހުށަހަޅާ އަގު ( ކަނޑަ އެޅިފައިވާ އިންސައްތަ %25 )
3.4 ރާއްޖޭގެ ފަރާތެއްނަމަ (ކަނޑައެޅިފައިވާ އިންސައްތަ %5 )
4. ބިޑް ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް
4.1 ވޭތުވެ ދިޔަ ފަސްއަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން
4.2 ޕްރޮޖެކްޓް ހިންގޭފަދަ ފައިނޭންޝަލް ޤާބިލުކަން ހުރުން.
4.3 ޕްރޮޖެކްޓާ ގުޅޭ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވުން
5. ބިޑް ޑޮކިއުމެންޓާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް
5.1 ކޮމްޕެނީ ޕްރޮފައިލް އާއި ކޮމްޕެނީ ރަޖިސްޓްރޭޝަން
5.2 ޓެކްސް ކްލިއަރެންސް ރިޕޯރޓް
5.3 ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ޕްރޮފެޝަނަލުން ހުށަހަޅާނަމަ އެފަރާތްތަކުގެ ސީވީ.
5.4 ޢިއުލާން ކުރެވޭ ޕްރޮޖެކްޓާ ގުޅުން ހުރި ޚިދުމަތްތައް ދިނުމަށް ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއް ނަމަ އެކަން އަންގައިދޭ ލިޔުން.
5.5 ދެ ފަރާތެއް އެކުވެގެން ބިޑް ހުށަހަޅާނަމަ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން.
5.6 އެޑްވާންސް ފައިސާ އަށް އެދޭ ފަރާތްތަކުން ޕްރޮޖެކްޓްގެ މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތަށް ބޭންކް ގެރެންޓީ ހުށަހެޅުން.
5.7 ބިޑް ހުށަހަޅާފަރާތުން ސޮއިކޮށްފައިވާ "ޑިކްލަރޭޝަން އޮން އެތިކަލް ކޮންޑަކްޓް އެންޑް ފްރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރު ފޯރމު.
6. ބިޑް ބާތިލުވުމާ ބެހޭ މަޢުލޫމާތު
6.1 ދޮގުމަޢުލޫމާތު ދީފައިވާ ބިޑްތައް
6.2 ޕްރޮޖެކްޓާ އެކަށީގެން ނުވާ ބޮޑު އަގުތައް ހުށަހެޅުން
6.3 ހުށަހަޅާ ޕްރޮޕޯރސަލްގެ ކޮލިޓީ ދައްވުން
6.4 ބިޑް ހުށަހެޅުމަށް ޝަރުތު ފުރިހަމަ ނުވާ ފަރާތަކަށް ވުން.
6.5 " ޑިކްލަރޭޝަން އޮން އެތިކަލް ކޮންޑަކްޓް އެންޑް ފުރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރުގައި ސޮއިކުރުމަށް ދެކޮޅު ހެދުން.
7. އެޑްވާންސް ފައިސާ
7.1 ޕްރޮޖެކްޓްގެ އަގު 5 ލައްކަ ރުފިޔާއަށް ވުރެ މަތިވާނަމަ، އަގުގެ 15 ޕަސެންޓް އެޑްވާންސްއަށް ފައިސާ ހޯދުމަށް ހުށަހެޅިދާނެ.
7.2 އެޑްވާންސް ފައިސާ ނެގުމަށް ބިޑްގައި ހިމަނާ ފަރާތްތަކުން ބިޑްގެ މުއްދަތަށް (މަސައްކަތް ނިންމުމަށް ކަޑައަޅާ މުއްދަތު) ބޭންކް ގެރެންޓީ ހުށަހެޅުން.
8. ޕާރފޯމަންސް ސެކިއުރިޓީ
8.1 މަސައްކަތުގެ އަގު 1,000,000.00ރ (އެއް މިލިއަން ރުފިޔާ) އަށްވުރެ އިތުރުވާނަމަ، ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބިޑްގެ ޖުމުލަ އަގުގެ 15 ޕަސެންޓް ނެގޭނެ. ޕާރފޯރމަންސް ސެކިއުރިޓީގެ ގޮތުގައި ފައިސާ ނުވަތަ ބޭންކް ގެރެންޓީ ބެހެއްޓޭނެ.
9. ބިޑަށް ހޮވޭ ފަރާތާ އެކު ހެދޭ އެއްބަސްވުމުގައި ހިމެނޭނެ ބައެއް މުހިއްމުކަންކަން.
9.1 ބިޑް ކާމިޔާބުކުރުމަށްފަހު ކުންފުނީގެ އިހުމާލެއް ނެތި މަސައްކަތް ހުއްޓާލައިފިނަމަ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނެގުން
9.2 އެޑްވާންސް ފައިސާ ރިކަވަރ ކުރުން
9.3 ޕާރފޯރމަންސް ސެކިއުރިޓީ އާ މެދު ޢަމަލުކުރެވޭނެ ގޮތް.
9.4 މަސައްކަތް ލަސްވާ ދުވަސްތަކަށް ގެއްލުމުގެ ބަދަލު ނެގުން.
9.5 މަތީގައިވާ ކަންކަމުގެ އިތުރުން މުހިއްމު ކަންތައްތައް އެއްބަސްވުމުގައި ހިމެނޭނެ
10 . އިތުރު މަޢުލޫމާތު
10.1 ބިޑަށް ނުހޮވޭ ފަރާތްތަކަށް ނުހޮވޭކަން އެންގުމުން ރަސްމީ ފަސް ދުވަހުގެ ތެރޭގައި ޝަކްވާއެއް އޮތްނަމަ ޝަކްވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ.
10.2ބިޑަށް ހޮވުނުކަން އެންގުމަށްފަހު ޕާރފޯރމަންސް ސިކިއުރިޓީ ދެއްކުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ ހޮވުނު ފަރާތް ކެންސަލް ކުރެވޭނެ.